ދުނިޔެ

އެލް ނީނޯގެ ސަބަބުން 4 ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ

އެލް ނީނޯގެ ސަބަބުން 4 ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ

ހަނަފަސް ސަރަޙައްދެއް----

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2026، 06:52

23 ސެޕްޓެމްބަރު 2026، 06:52

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެލް ނީނޯގެ އަސަރު އާދަޔާ ހިލާފަށް ބާރުގަދަވެ، އިތުރަށް ހޫނުގަދަވުމުގެ ސަބަބުން 450،000 އަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވާސިޓީ އޮފް ޗިކާގޯގެ ކްލައިމެޓް އިމްޕެކްޓް ލެބުން ބުދަ ދުވަހު އާންމުކުރި މި ރިޕޯޓުގައި 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހޫނުގެ ސަބަބުން މަރުވެދާނެ ކަމަށް ލަފާކުރެވޭ މިންވަރު އާދައިގެ އަހަރަކާ އަޅާކިޔާފައިވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދުނިޔޭގެ ފިނިހޫނުމިން ގާތްގަނޑަކަށް 1.2 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެ ކަމަށާއި، އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްތައް އެހެން އަހަރުތަކާ ޚިލާފަށް 44 އިންސައްތަ އިތުރުވާނެއެވެ. މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ތަރައްގީވަމުން އަންނަ ގައުމުތަކަށާއި އެފްރިކާގެ ސާހެލް ސަރަހައްދަށެވެ.

 

އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ގައުމުތައް

ރިޕޯޓުގައިވާ ގޮތުން ސާހެލް ސަރަހައްދުން ގާތްގަނޑަކަށް 66،800 މީހުން އިތުރަށް މަރުވާނެ ކަމަށް ލަފާކުރެވެއެވެ. އެންމެ ގިނަ އަދަދަކަށް މީހުން މަރުވާނެ ކަމަށް ލަފާކުރެވެނީ ނައިޖީރިއާއިން ކަމަށްވާއިރު، އެ އަދަދު 31،400 އަށް އަރައެވެ. އަދި އިންޑޮނޭޝިއާއިން 19،300 އަދި ސޫދާނުން 17،600 މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ފިލިޕީންސް، ވިއެޓްނާމް، ތައިލެންޑް އަދި ކެމްބޯޑިއާ ހިމެނޭހެން 19،400 މީހުން، އިންޑިއާއިން 15،800 މީހުން އަދި ބްރެޒިލުން 13،300 މީހުން މަރުވާނެ ކަމަށް ލަފާކުރެވެއެވެ.

މި ދިރާސާގައި ބައިވެރިވި މައިކަލް ގްރީންސްޓޯން ވިދާޅުވީ، މިހާރުވެސް ހޫނުމިން މަތި އަދި އާމްދަނީ ދަށް ސަރަހައްދުތަކަށް ހޫނުގެ ނުރައްކާ ބޮޑު ކަމަށެވެ.

 "މިހާރުވެސް ހޫނު ތަނެއްގައި ދިރިއުޅޭނަމަ، އިތުރުވާ މަދު ޑިގްރީތަކުގެ ސަބަބުން ނުރައްކާ އެތައް ގުނައެއް ބޮޑުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މުއްސަނދި ގައުމުތަކުގައި އެއާކޮންޑިޝަން، ފެނުގެ ހިދުމަތް އަދި ސިއްހީ ފަރުވާ ލިބުން ފަސޭހަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެންއާރުޑީސީ އިންޑިއާގެ ފިނިހޫނު މިނުގެ ކަންކަމާ ގުޅޭ މާހިރެއް ކަމަށްވާ އަބިޔަންތު ތިވާރީ ވިދާޅުވީ، މި ހޯދުންތަކާއެކު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، ތައްޔާރީތައް ވަޒަންކުރެވޭނީ ސަލާމަތްކުރެވޭ ފުރާނަތަކުގެ އަދަދުން ކަމަށެވެ. މިއަހަރުގެ ޖޫން މަހު ފެށުނު މި އެލް ނީނޯއަކީ މިހާތަނަށް ފެނުނު އެންމެ ބާރުގަދަ އެއް ތޫފާނަށް ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރުގެ މެދަކާ ހަމައަށް އޭގެ ނުރައްކާ ދެމިގެންދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450