Ads by Exprox

ޚަބަރު

އައްޑޫގައި ފުރަތަމަ ފަހަރަށް ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް ހަދަނީ!

އައްޑޫގައި ފުރަތަމަ ފަހަރަށް ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް ހަދަނީ!

އައްޑޫގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްޤީ ކުރާ ބީޗްގެ މަސައްކަތް ކުރިއަސްދަނީ. ފޮޓޯ: އައްޑޫސިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ސެޕްޓެމްބަރު 2024، 09:33

05 ސެޕްޓެމްބަރު 2024، 09:33

އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް ހެދުމަށް ނިންމައިފިއެވެ.

މި ބީޗު ހެދުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައެވެ. 

އައްޑޫގައި ފަތުރުވެރިކަން ފުޅާކުރަން ނިމިގެން ދިޔަ ސަރުކާރުންނާއި މި ސަރުކާރުން ވެސް ޕްލޭންތަކެއް އެކުލަވަލާފައި ވެއެވެ.

އެހެން ނަމަވެސް ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް ނެތުމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް ފާޅުކުރާ ކަމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

https://twitter.com/AdduCityCouncil/status/1830857342398931193

އެ ކަންބޮޑުވުންތަކާ ގުޅިގެން ފޭދޫ ވަށައިގެން 2016 ގައި ބިން ހިއްކާފައިވާ ރަށުގެ އުތުރު ފަރާތުގައިވާ ފަޅުރަށެއް ކަމަށްވާ ދިގިހެރައިގެ ފުއްޓަރު ސަރަހައްދުގައި މިހާރު ބީޗެއް ތަރައްގީ ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެ ބީޗު ހެދުމުން އައްޑޫގެ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ޚާއްޞަ ބީޗެއްގެ ގޮތުގައި އެތަން ހަމަޖައްސާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.އެ ބީޗުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެކަަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ އަކީ ޤުދުރަތީ ރީތިކަން ވަރަށް ބޮޑަށް ލިބިފައިވާ ތަނެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco