Ads by Farudhun

ޚަބަރު

ވިސާއާ ނުލައި ބެލަރޫސްއަށް ދެވޭގޮތް ހަދައިފި

ވިސާއާ ނުލައި ބެލަރޫސްއަށް ދެވޭގޮތް ހަދައިފި

މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ: ޚާރިޖީ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ސެޕްޓެމްބަރު 2026، 10:51

24 ސެޕްޓެމްބަރު 2026، 10:51

ވިސާއާ ނުލައި ބެލަރޫސްއަށް ދެވޭގޮތް ހަދައި އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމެވެ. އަދި ބެލަރޫސްގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ މެކްސިމް ރީޒެންކޯވްއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރާއިރު، ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ. ކޮންމެ ވިސާއާ ނުލައި މަޑުކުރެވޭނީ ގިނަވެގެން 30 ދުވަހުއެވެ. އަދި މީލާދީ ގޮތުން އެއް އަހަރު ތެރޭގައި ވިސާއާ ނުލައި އުޅެވޭނެ ޖުމްލަ މުއްދަތަކީ 90 ދުވަހެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބެލަރޫސް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމަށް ޓަކައި ވަޒީރު އިރުތިޝާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ރާއްޖެއާއި ބެލަރޫސްއާ ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 6 ޑިސެމްބަރ 1993 ގައެވެ 1.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450