ޚަބަރު
ސޯސަންމަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް.
މާލޭގެ ސޯސަންމަގުގައި އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން 21 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މި އެކްސިޑެންޓާ ގުޅިގެން ސެޕްޓެމްބަރު 22 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ މީހާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަނދުކުރުމަށް އަމުރުކޮށްފައެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މީސްމީޑިއާގައި އާންމުކޮށްފައިވާ އެކްސިޑެންޓް ހިނގި މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަ ގޮތުގައި، އަނިޔާވި މީހުންގެ ގައިން ވަރަށް ބޮޑަށް ލޭ ފައިބައިފައިވާ އިރު، މަގުމަތީގައި ވެސް ވަނީ ލޭ ހެދިފައެވެ.