ޚަބަރު
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ވުޒާރާ
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ "ޑިޒައިން އެންޑް ބިލްޑް" އެއްބަސްވުމުގައި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. އަދި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.

މި މަޝްރޫޢުގެ ދަށުން ޑީޓުއަރ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ކޮންޓްރެކްޓްކޮށްފައެވެ.