Ads by Farudhun

ޚަބަރު

ޗައިނާގެ އެހީގައި ފަށާ އައު ދެ މަޝްރޫޢެއް، ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

ޗައިނާގެ އެހީގައި ފަށާ އައު ދެ މަޝްރޫޢެއް، ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

ޗައިނާގެ ސަފީރު / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

24 ސެޕްޓެމްބަރު 2026، 07:38

24 ސެޕްޓެމްބަރު 2026، 07:38

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އައު ދެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ފަހުކޮޅު ނުވަތަ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީޝިން ވިދާޅުވެއްޖެއެވެ.

ސަފީރު މިކަން ހާމަކުރެއްވީ ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ދެ ޤައުމުގެ އިޤްތިޞާދީ އެއްބާރުލުމުން އައު އަދި ފޮނި ނަތީޖާތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ހދ. ހަނިމާދޫގައި ކުރިޔަށް ގެންދިޔަ މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ސަފީރު ފާހަގަކުރެއްވި ގޮތުގައި "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ މަސައްކަތް މިހާރު ވަނީ ބިޑިންގ މަރުޙަލާއަށް ގޮސްފައެވެ. އަދި މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް މި އަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަސައްކަތް މިހާރު އޮތީ އިމާރާތްކުރުމުގެ ބިޑިންގ މަރުޙަލާގައި. މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ދަނީ ޑިޒައިން ކުރެވެމުން. މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ.

ސަފީރު ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަޝްރޫޢު ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢަށް ބޭނުންވާ ހުއްދަތައް (ޕްރޮޖެކްޓް އެޕްރޫވަލް) ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އާއި ޗައިނާ ވަކިވެފައިވަނީ ކަނޑުގެ ބޮޑު ސަރަޙައްދަކުން ކަމުގައި ވިޔަސް، ތާރީޚީ ގޮތުން ކަނޑުމަގުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ސަޤާފީ ގޮތުން ވަރުގަދަ ގުޅުމެއް އޮތް ކަމަށާއި، މި ގުޅުން ބިނާވެފައިވަނީ އިސްތިޤްލާލީ ހަމަހަމަކަމާއި އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމުގެ މައްޗަށް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރާ ދަތުރުގައި ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450