Ads by Farudhun

ޚަބަރު

އަލްމަސްޖިދުލް ޙަރާމްގެ އިމާމަކު 43 އަހަރު ފަހުން ރާއްޖެ ވަޑައިގަންނަވަނީ

އަލްމަސްޖިދުލް ޙަރާމްގެ އިމާމަކު 43 އަހަރު ފަހުން ރާއްޖެ ވަޑައިގަންނަވަނީ

މައްކާގެ އަލްމަސްޖިދުލް ޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ސެޕްޓެމްބަރު 2026، 09:54

24 ސެޕްޓެމްބަރު 2026، 09:54

މައްކާގެ އަލްމަސްޖިދުލް ޙަރާމްގެ އިމާމަކު 43 އަހަރަށް ފަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން ރަސްމީކޮށް އިޢުލާން ކުރެއްވީ ކީރިތި ޤުރުޢާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މައްކާގެ އަލްމަސްޖިދުލް ޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީއެވެ.

ޑރ. ޝަހީމް ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދާދިފަހުން ބޭއްވި ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއަށް އިމާމް ރާއްޖެ ގެނައުމަށް ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު އެކަން ހަމަޖެހޭގޮތް ނުވި ނަމަވެސް، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މިހާރު ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިމާމް ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ސަރުކާރުން މިހާރު ވިސްނަމުންދަނީ މިހާރު ކުރިއަށްދާ އޯލެވެލް އިމްތިޙާނު ނިމުމުން އެމަނިކުފާނުގެ ދަތުރު ހަމަޖެއްސެވުމަށެވެ. އެއީ ތަމްރީނު ވެފައިވާ ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުން މިވަގުތު އޯލެވެލް އިމްތިޙާނުގައި ބައިވެރިވަމުންދާތީ، އެ ކުދިންނަށްވެސް އިމާމާ ބައްދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

ވަޒީރު ޑރ. ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޝައިޚް ޑރ. ޔާސިރުއް ދައުސަރީއަކީ ރާއްޖޭގެ ޒުވާން ޚަޠީބުންނާއި ޢާންމުންގެ މެދުގައިވެސް ނުހަނު މަޤްބޫލު، އަދި ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ޤާރީއެކެވެ. މިއީ ވޭތުވެދިޔަ 43 އަހަރުގެ ތެރޭގައި ޙަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450