Ads by Farudhun

ޚަބަރު

ޤުރުއާން މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ޒީކް، އާޔަން އަދި ޢިޒުއާންއަށް

ޤުރުއާން މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ޒީކް، އާޔަން އަދި ޢިޒުއާންއަށް

ޤުރުއާން މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ހާސިލްކުރި ފަރާތްތަކަށް ޓްރޮފީ އާއި އިނާމުތައް ހަވާލުކުރުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

24 ސެޕްޓެމްބަރު 2026، 11:33

24 ސެޕްޓެމްބަރު 2026، 11:33

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އެންމެ ފަޚުރުވެރި އަދި ޝަރަފުވެރި ވަނަތައް އިސްމާޢީލް އިޒުޢާން، އާޔަން އަޙްމަދު ޢިނާން އަދި ޢާއިޝަތު ޒީކް ރިޔާޟު ޙާޞިލުކޮށްފިއެވެ.

މި މުބާރާތުގެ ޙާފިޡުންގެ ބައިން 1 ވަނަ ޙާޞިލުކުރީ، އިސްމާޢީލް އިޒުޢާން އިބްރާހީމެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ އާޔަން އަޙްމަދު ޢިނާން ޙާޞިލުކުރިއިރު، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 1 ވަނަ ޙާޞިލުކުރީ ޢާއިޝަތު ޒީކް ރިޔާޟެވެ.

މި ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ހަނދާނީ ފިލަ އާއި އެ މަނިކުފާނު ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ބޭނުން ދާއިރާއަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ވަނީ އަރުވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި ދީނީ ކަންކަމަށް އެހީވާ ވަޤުފު ފަންޑު ހިމެނޭހެން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ދެއްވާ ފައިސާގެ އިނާމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓަޑުން ދެއްވި ޢުމްރާ ދަތުރާއި ޓްރޮފީވެސް މި ބައިވެރިންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

މުޅި މުބާރާތުން ޙާފިޡުންގެ ބައިން ވަނަތައް ލިބުނު ފަރާތްތަކަކީ:

1 ވަނަ: އިސްމާޢީލް އިޒްޢާން އިބްރާހީމް، ހމ. ފްލެޓް 02 ޖީ 141، މާލެ
2 ވަނަ: އިޒްކާން ޢަޖީބް ޙުސައިން، ގ. ފަރެސް، މާލެ
3 ވަނަ: މުޙައްމަދު އަޝްހަމް ޢަލީ، މއ. އަރިވަރު، މާލެ

 
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން ވަނަތައް ލިބުނު ފަރާތްތަކަކީ:

1 ވަނަ: އާޔަން އަޙްމަދު ޢިނާން، ހަވީރީނާޒް، ގދ. ގައްދޫ
2 ވަނަ: ޒީކް އިބްރާހީމް ލުޠުފީ، ޑައިމަންޑް، ގދ. ތިނަދޫ
3 ވަނަ: ޙުސައިން ޔަމާން ޢަޒީމް، ވ. ފަޒީލާމަންޒިލް، މާލެ

 
މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ވަނަތައް ލިބުނު ފަރާތްތަކަކީ:

1 ވަނަ: ޢާއިޝަތު ޒީކް ރިޔާޟް، އޯޝަން، ސ. ފޭދޫ
2 ވަނަ: އުވައިސް ބިން ޢިނާޒު، ވައިލެޓްވިލާ، ގދ. ރަތަފަންދޫ
3 ވަނަ: އިޒްޔާން ޢިމާދު އަބްދުﷲ، ވައިޓް ޕާލް، ހއ. ދިއްދޫ


ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަހަރުގެ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި 3050 ކުދިން ބައިވެރިވިއެވެ. އޭގެ ތެރެއިން އޮޑިޝަންގައި 2742 ކުދިން ކިޔަވާފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލަށް 379 ދަރިވަރުން ވަނީ ދަތުރުކޮށްފައެވެ. އަދި ފައިނަލް ބުރަށް 140 ދަރިވަރުން ދަތުރުކުރި ނަމަވެސް، މުބާރާތުގެ ފައިނަލްގައި ވާދަކޮށް ކިޔަވާފައިވަނީ 138 ދަރިވަރުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450