Ads by Farudhun

ޚަބަރު

އިމާރާތް ކުރަން ފަށާފައިވާ ގެތައް ނިންމަން ލޯނު ސްކީމުން ފުރުސަތު ދެނީ

އިމާރާތް ކުރަން ފަށާފައިވާ ގެތައް ނިންމަން ލޯނު ސްކީމުން ފުރުސަތު ދެނީ

ރައްޔިތުންގެ އަޑު ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ސެޕްޓެމްބަރު 2026، 04:17

25 ސެޕްޓެމްބަރު 2026، 04:17

އިމާރާތް ކުރަން ފަށާފައިވާ ތަންތަން ނިންމުމަށްޓަކައި ހައުސިންގ ލޯނު ސްކީމުގެ ތެރެއިން ފުރުސަތު ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ފަސް އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ހައުސިންގ ލޯނު ދޫކުރާއިރު އަދި އިކުއިޓީ ފަސް އިންސައްތައަށް ކުޑަކުރާއިރު، މިހާރު އިމާރާތްކުރަން ފަށައި ނުނިމި ހުރި ތަންތަން ނިންމުމަށް ރީފައިނޭންސް ކުރުމުގެ ފުރުސަތު ލިބޭނެތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމުމުގެ ފުރުސަތު ހިމެނޭހެން، ލޯނާ ގުޅިގެން އާންމުންނަށް ލުއިފަސޭހަ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.

"އެބަ އުޅޭ މިހާރު، ހައުސިންގ މިނިސްޓްރީން އެބަ މަސައްކަތް ކުރޭ އެއްޗެއް. ތި ވިދާޅުވި ގޮތަށް ނިންމަން ބޭނުންވާ ތަންތަނަށް އިތުރު ފުރުސަތު އެބަ ހުޅުވާލަން ލޯނު ސްކީމުގެ އާ ފުރުސަތަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންނަށް ލިބިގެންދާނެއެވެ. ބޯހިޔާވަހިކަމަކީ ގިނަ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް ވާއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450