ޚަބަރު
ހއ. އިން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފި
މާލެއަށް ވައިގަދަވެ މޫސުން ގޯސްދުވަހެއް. ފޮޓޯ: ވަން
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 22:00 އާ ހަމައަށެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މެޓުން ހުދު ސަމާލުގެ ވަގުތު ފަސް ފަހަރަށް ދަންމާލި ފަހަރެވެ.
މެޓުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައި ވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
White Alert issued from Haa Alifu Atoll to Thaa Atoll. pic.twitter.com/3idsCb1DkD
— Maldives Meteorology (@MetMaldives) September 25, 2026
މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.