Ads by Farudhun

ޚަބަރު

ނ. ފޮއްދޫ ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަސައްކަތުގެ 82 އިންސައްތަ ނިމިއްޖެ

ނ. ފޮއްދޫ ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަސައްކަތުގެ 82 އިންސައްތަ ނިމިއްޖެ

ނ.ފޮއްދޫ ޕޮލިސް ޕޯސްޓް އިމާރާތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ސެޕްޓެމްބަރު 2026، 11:36

27 ސެޕްޓެމްބަރު 2026، 11:36

ނ. ފޮއްދޫގައި ތަރައްޤީކުރަމުން އަންނަ ޕޮލިސް ޕޯސްޓުގެ ޢަމަލީ މަސައްކަތުގެ 82 އިންސައްތަ ނިމިއްޖެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނު ތަންފީޛުކުރުމުގެ ޚިދުމަތް ހަރުދަނާކޮށް، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހިންގާ މި މަޝްރޫޢަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްޓީސީސީއާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވަގުތީ ތަންތަނާއި ކައުންސިލް އިދާރާތަކުގައި ފުލުހުން ދެމުންގެންދާ ޚިދުމަތްތައް، ޚާއްޞަ ފެސިލިޓީތަކަކަށް ބަދަލުކުރުމެވެ.



މި ޕޮލިސް ޕޯސްޓުގައި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސް ބަޔަކާއި، ފުލުހުން ތިބުމަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ހިމެނެއެވެ. މި ވަސީލަތްތައް ޤާއިމުކުރެވިގެން ދިއުމުން ކުއްލި ޙާލަތްތަކުގައި އަވަހަށް އިޖާބަދިނުމަށާއި ރަށުގެ އަމާންކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި އިމާރާތުގެ ފައުންޑޭޝަން ފުޓިންގްސްއާއި ފައުންޑޭޝަން ބީމް ކޮންކްރީޓް ކުރުމާއި ކޮލަމް ކާސްޓިންގ މަސައްކަތްތައް ވަނީ މުޅިން ނިމިފައެވެ. އަދި ރޫފް ބީމް ކާސްޓިންގ މަސައްކަތާއި ފުރާޅުގެ ސްޓްރަކްޗަރަލް އެސެމްބްލީ އަދި ޕާލިން ހަރުކުރުމުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތްތައްވެސް ވަނީ އެއްކޮށް ނިންމާލެވިފައެވެ.

މި މަޝްރޫޢުގެ ބާކީ ހުރި 18 އިންސައްތަ މަސައްކަތް ނިންމުމަށްޓަކައި އެމްޓީސީސީން އަންނަނީ ހަލުވި ދުވެލީގައި މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450