Ads by Exprox

ޚަބަރު

ރިސޯޓުތަކުން 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ދެނީ

ރިސޯޓުތަކުން 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ދެނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފޮޓޯ އޮފީސްލެބް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޑިސެމްބަރު 2024، 03:32

09 ޑިސެމްބަރު 2024، 03:32

ބޭރު ފައިސާއާ ބެހޭ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލުގައި ޓޫރިސްޓް ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ނުވަތަ އެމަހެއްގެ ބޭރު ފައިސާގެ ޢާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ލިބިދޭގޮތަށް ހިމަނާފައިވެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަޢުލޫމާތު ދެއްވިގޮތުގައި، މި ބިލު އެކުލަވާލުމުގެ ކުރިން ޢާންމުންނާއި އެކި އިދާރާތަކުގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލެވުނެވެ. އަދި ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް ބިލު އެކުލަވާލެވިފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިގޮތުގައި، ބިލަށް ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް، އެމްއެމްއޭގެ މައިގަނޑު އަމާޒަށް ބަދަލެއް ނާންނާނެއެވެ. އަދި ބިލަށް އިތުރުކުރެވުނު ކެޓަގަރީގެ ސަބަބުން ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް އިޤްތިޞާދަށް ފައިދާ ކުރާނެކަމަށް ލަފާކުރެވެއެވެ.

ބިލުގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި:

  • "ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" ތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ% 20 މާރުކުރުމުގެ އިޚްތިޔާރު ދިނުން.
  • ގެސްޓް ހައުސްތަކާއި ފަތުރުވެރިކަމުގެ އުޅަނދުތަކަށް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ  %20 މާރުކުރުމުގެ އިޚްތިޔާރު ދިނުން.
  • ސެކިއުރިޓީޒް މާކެޓުގައި ހިންގާ މުޢާމަލާތްތައް އިސްތިސްނާކުރުން.
  • މީރާއަށް ޤާނޫނު ތަންފީޒުކުރުމަށް އިތުރު ބާރުތަކެއް ދިނުން.


                    

މި ލިޔުން ކިޔާލުމުން

Ads by Stelco