Ads by Farudhun

ޚަބަރު

ކޫއްޑޫގައި ރާވައިގެން ހަދާ އިމާރާތުގެ ބޮޑު ބައެއް ނިމިއްޖެ

ކޫއްޑޫގައި ރާވައިގެން ހަދާ އިމާރާތުގެ ބޮޑު ބައެއް ނިމިއްޖެ

ކޫއްޑޫގައި ރާވަމުންދާ އިމާރާތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ސެޕްޓެމްބަރު 2026، 04:23

27 ސެޕްޓެމްބަރު 2026، 04:23

ގއ. ކޫއްޑޫގައި ރާވައިގެން ހަދަމުންދާ އިމާރާތުގެ ޖުމްލަ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިހާރު ސައިޓުގައި ކުރިއަށްދަނީ ޓޭންކްތަކާއި ޕަމްޕް ސެޓް ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ބައުންޑަރީ ވޯލް ކޮންކްރީޓް މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މަޝްރޫޢުގެ 66 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.



މި މަޝްރޫޢުގައި ހިމެނެނީ ގއ. ކޫއްޑޫގެ އިންޑަސްޓްރިއަލް ސަރަޙައްދުގައި ހަދާ އެ އިމާރާތާއި، އެއާ ގުޅުންހުރި ސިވިލް މަސައްކަތްތަކެވެ. މިއީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ކޫއްޑޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިފައިވާ، އެ ރަށުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް އެމްޓީސީސީގެ ޓީމުތަކުން ހުއްޓުމެއްނެތި ބާރަށް ކުރިއަށްގެންދަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450