Ads by Exprox

ޚަބަރު

މާލޭގައި ދެމުންދާ މިނީ ބަހުގެ ޚިދުމަތް ފަތިހު 5 ޖަހާއިރު ފަށަނީ!

މާލޭގައި ދެމުންދާ މިނީ ބަހުގެ ޚިދުމަތް ފަތިހު 5 ޖަހާއިރު ފަށަނީ!

އެމްޓީސީސީ އިން މާލޭގައި ދޭ މިނީ ބަހުގެ ޚިދްމަތަށް ދުއްވާ ބަހެއް. ފޮޓޯ: ރާއްޖެ އެމްވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ސެޕްޓެމްބަރު 2024، 09:36

05 ސެޕްޓެމްބަރު 2024، 09:36

ހުލާސާ


މާލޭގައި އެމްޓީސީސީއިން ދެމުންދާ މިނީ ބަހުގެ ޚިދްމަތް ފަތިހު 5 ޖަހާއިރު ފެށުމަށް އެމްޓީސީސީއިން ނިިންމައިފިއެވެ.

މާލޭގެ ދޭ ބަހުގެ ޚިދްމަތް ފަތިހު 05:00 އިން ފެށިގެން ފަށަން އެމްޓީސީސީން ނިންމައިފިއެވެ.

 

އެމްޓީސީސީއިން މިނީ ބަހުގެ ދަތުރުތައް މިހާރު ފަށަނީ ކޮންމެ ދުވަހަކުވެސް ހެނދުނު ހައެއް ޖަހާއިރުއެވެ. އަދި ރޭގަނޑު 12:30 ގައި ދަތުރުތައް ހުއްޓާލައެވެ.

އެކުންފުނިން ބުނީ ޚިދުމަތް ހޯދާ ފަރާތަތަކުން ބަހުގެ ދަތުރުތައް ފަށާ ވަގުތު އަވަސްކޮށްދިނުމަށް އެދިފައިވާތީ ފަތިހު ފަހެއް ޖަހާއިރު ބަސްތަކުގެ ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށެވެ. މި ބަދަލާއެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަހުގެ ޚިދުމަތް ފަތިހު ފަހަކުން ފެށިގެން ލިބެމުންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ދަންވަރު ބަހުގެ ޚިދުމަތް ނުދިންނަމަވެސް މާލެއާއި ހުޅުމާލެ އާއި ދެމެދު ދަންވަރުވެސް އެ ޚިދުމައް އަންނަނީ ދެމުންނެވެ. އެގޮތުން ދަންވަރު 12:30 އިން ފެށިގެން ފަތިހު 5:30 އަށް ގަޑިއިރަކު އެއްފަހަރު ބަސް ދަތުރުގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ލުއި ފަސޭހަ ކުރުމަށް މިދިޔަ ސަރުކާރުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ 05 ސެޕްޓެންބަރު 2022 ގައެވެ. ބަހުގެ ޚިދުމަތް ފެށުމުން އެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. މިނީ ބަހުގެ ޚިދުމަތުގެ ސަބަބުން ޓެކްސީ ދަތުރުތަކަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން ވަނީ ލުއިވެގެންގޮސްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco