Ads by Farudhun

ޚަބަރު

ބ. ތުޅާދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ 90 އިންސައްތަ ނިމިއްޖެ

ބ. ތުޅާދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ 90 އިންސައްތަ ނިމިއްޖެ

ތުޅާދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ސެޕްޓެމްބަރު 2026، 05:50

27 ސެޕްޓެމްބަރު 2026، 05:50

ބ. ތުޅާދޫގައި ސަރުކާރުން އަލަށް އިމާރާތްކުރަމުންދާ ދެ ފަންގިފިލާގެ އައު ހޮސްޕިޓަލުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.



އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބޭރު ފާރުތަކުގައި ސިމެންތި ޖެހުމުގެ މަސައްކަތެވެ. އަދި ގްރައުންޑް ފްލޯގެ ސްލެބް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މީގެއިތުރުން ހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކްގެ ރޭނުމުގެ މަސައްކަތްތަކުގެ 90 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ގާތްގަނޑަކަށް 114.5 މިލިއަނާއި 124 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ތުޅާދޫގެ 3,100 އަށްވުރެ ގިނަ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްޤީކުރާ މި ހޮސްޕިޓަލަކީ 30 އެނދުގެ ޖާގަ ހިމެނޭ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢުގެ ދަށުން މައި ހޮސްޕިޓަލު އިމާރާތުގެ އިތުރުން ސަރވިސް ބްލޮކަކާއި، ޑޮކްޓަރުންނާއި މެޑިކަލް މުވައްޒަފުންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހޮސްޕިޓަލާއެކު އެ ރަށުގައި މިހާރު ހުރި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450