Ads by Farudhun

ޚަބަރު

ބިދޭސީންގެ މައްސަލައިގައި އިހުމާލުވާން ދިވެހީންނަށް ވެސް ފިޔަވަޅު އަޅާނަން: ވަޒީރު އިހްސާން

ބިދޭސީންގެ މައްސަލައިގައި އިހުމާލުވާން ދިވެހީންނަށް ވެސް ފިޔަވަޅު އަޅާނަން: ވަޒީރު އިހްސާން

ވަޒީރު އިހްސާން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ސެޕްޓެމްބަރު 2026، 11:57

27 ސެޕްޓެމްބަރު 2026، 11:57

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބިދޭސީންނާ މެދު އިހުމާލުވާ ދިވެހީންނާ ދެކޮޅަށް ވެސް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން މިހެން ވިދާޅުވީ، "އަހާ" ފޯރަމްގެ 7 ވަނަ އެޕިސޯޑުގައި އާންމުންގެ ތެރެއިން ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގިނަ އަދަދެއްގެ ބިދޭސީން ދިވެހީންގެ ނިވަލުގައި ތިބެ، ވިޔަފާރި ކުރަމުން އަންނައިރު، އެ ބިދޭސީންނަކީ ބަރާބަރަށް ވިސާ ފީ ދައްކައިގެން އުޅޭ ބައެއް ކަމަށެވެ. މި ބިދޭސީން ދިވެހި މީހާއަށް ކޮންމެ މަހަކު ކުލިދޭހެން ފައިސާ ދޭކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާލަތުގައި، ބައެއް ދިވެހިންނަށް އެމީހުންގެ ނަމުގައި ހުރި ބިދޭސީ މީހާ ކުރާ ކަންތައްތައް ވެސް ނޭނގޭކަމަށް ވަޒީރު އިހްސާން ފާހަގަކުރެއްވިއެވެ.

މިކަން ހައްލުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ބިދޭސީންގެ ކަންކަމުގައި އިހުމާލުވާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

އޭނާ (ބިދޭސީ މީހާ) ލައްވާ ކުރުވަން ބުނާ ކަންތައް ނޫން އެހެންކަމެއް ކުރުވުމަކީ އިހުމާލެއް ކަމަށް. ވިސާ ވައިލޭޝަނަކީ އިހުމާލެއް ކަމަށް. އޭނާ ލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމަކީ އިހުމާލެއްކަމަށް.

ވަޒީރު އިހްސާން ވިދާޅުވިއެވެ.

އަދި އިހުމާލުވާ ކޮންމެ ބިދޭސީއެއްގެ ބޮލަކަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށް ވެސް ވަޒީރު އިހްސާން ހާމަކުރެއްވިއެވެ. މީގެ އިތުރުން، އިންސާނީ ވަގުފާރީގެ ހަމަތަކުން ބަލާއިރު އެފަދަ އިހުމާލެއްނަމަ، ޖިނާއީ ތަހުގީގު ހިންގާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ހަމައެކަނި ބިދޭސީންނަށް ފިޔަވަޅު އަޅައިގެން މި މައްސަލަ ހައްލު ނުވާނެ ކަމަށެވެ. މި މައްސަލަ ހައްލު ކުރެވޭނީ މިކަމުގައި އިހުމާލުވާ އެހެން ފަރާތްތަކަށް ވެސް ފިޔަވަޅު އަޅައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރާއްޖޭގައި މިކަން އެއްކޮށް ހައްލުކުރުމަކީ ހުސްއެކަނި ބިދޭސީންނަށް ދޭތެރޭ ފިޔަވަޅު އެޅުމެއް ނޫން. ބިދޭސީން އެކްސްޕްލޮއިޓް ކުރާ ދިވެހިންނާއި ދޭތެރޭ ވެސް އެ އަޅަންޖެހޭ ގާނޫނީ ފިޔަވަޅުއެޅުން.

ވަޒީރު އިހްސާން ވިދާޅުވިއެވެ.

އެހެންކަމުން، އަންނަ އަހަރުގެ މެއި މަހާ ހަމައަށްދާއިރު މި ހުރިހާ ކަމަކާ އެކު ބިދޭސީންގެ މައްސަލަ ހައްލުވެގެން ދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު، ބިދޭސީން ހިންގާ ވިޔަފާރިތައް ދިވެހީންގެ އަތްމައްޗަށް އަންނާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450