Ads by Farudhun

ޚަބަރު

11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މީގެ ކުރިން ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގުތަކެއް..

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

29 ސެޕްޓެމްބަރު 2026، 09:45

29 ސެޕްޓެމްބަރު 2026، 09:45

ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށް ވުރެއް ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގެންފައިވަނީ 11.75 ކިލޯގެ ކެނަބިސް ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕެކޭޖެއް ބަލާފާސްކުރަމުންދިޔައިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ވެސް ވިދާޅުވިއެވެ.



މިފަދަ މައްސަލަތަކާއ ގުޅިގެން  އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި،  ތަހުގީގު ކުރިއަށް ގެންދިއުމަށް ޓަކައި އަތުލައިގަނެވޭ މަސްތުވާތަކެތި ހަވާލުކުރެވެނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއެވެ.  
ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ކަސްޓަމްސްއިން ހާއްސަ ސަމާލުކަމެއްދީ، މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450