ދުނިޔެ

7 އޮކްޓޫބަރުން ފެށިގެން މިހާތަނަށް އަލް ޤުދުސްއިން 82 މީހަކު ޝަހީދުކޮށްލައި 2000 މީހަކު ހައްޔަރުކޮށްފައިވޭ

7 އޮކްޓޫބަރުން ފެށިގެން މިހާތަނަށް އަލް ޤުދުސްއިން 82 މީހަކު ޝަހީދުކޮށްލައި 2000 މީހަކު ހައްޔަރުކޮށްފައިވޭ

އިޒްރާއިލް ސިފައިން ޤުދުސްގައި ފަަލަސްޠީނުގެ ޒުވާނަކު ހައްޔަރުކުރަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޑިސެމްބަރު 2024، 06:20

09 ޑިސެމްބަރު 2024، 06:20

7 އޮކްޓޫބަރު 2023 އިން ފެށިގެން މިހާތަނަށް އަލް ޤުދުސްއިން 82 މީހަކު ޝަހީދުކޮށްލައި 2000 މީހަކު ހައްޔަރުކޮށްފިއެވެ.

7 އޮކްޓޫބަރު 2023 އިން ފެށިގެން 7 އޮކްޓޫބަރު 2024 އާއި ހަމައަށް ޤުދުސްއިން 282 މީހަކަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.

މީގެއިތުރުން އެ މުއްދަތުގައި ފަލަސްތީނުގެ އިތުރު 111 މީހަކުވަނީ ގޭބަންދުގައި ބައިތިއްބައިފައެވެ. މިމުއްދަތުގެ ތެރޭގައި ޤުދުސްގައި 402 ފަހަރެއްގެ މަތިން ވަނީ އާންމުން އުޅޭ ގެތަކަަަށް ބޮޑެތި ގެއްލުންތައް ދީފައެވެ. 

 އިސްރާއީލުން ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާދޭން ފެށި ފަހުން އިސްރާއީލުން ވަނީ ޤުދުސް އާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ހަރުކަށި ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. 

ޤުދުސްގައި އިސްރާއިލުން އަނިޔާވެރި އެތައް ޢަމަލެއް ހިންގަމުންދާއިރު މިއަދުވެސް އިސްރާއިލް ސިފައިން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ އިންޑޮނޭޝިއާ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާދީފައެެވެ. މި ހަމަލާގައި 6 ބަލިމީހަކަށް އަނިޔާވެފައިވާއިރު އެކަކު ސީރިއަސް ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.

 ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ގޮވާލާފައި ވަނީ ހޮސްޕިޓަލްތަކާއި ބަލިމީހުންނާއި މެޑިކަލް ސްޓާފުންނަށް ރައްކާތެރިކަމާއި ހޮސްޕިޓަލްތަކަށް ދިއުމާއި އައުމަށް ރައްކާތެރި މަގުތައް ހޯދައިދީ، ބޭހާއި ޞިއްޙީ ސާމާނާއި ތެލާއި ހުރިހާ ލޮޖިސްޓިކަލް ޚިދުމަތެއް ފޯރުކޮށްދީ ޒަޚަމްވި މީހުން ރައްކާތެރިކަމާއެކު ނެރެދިނުމަށެވެ. 

 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS