Ads by Farudhun

ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަ ތާރީހުތައް އިއުލާނުކޮށްފި

އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަ ތާރީހުތައް އިއުލާނުކޮށްފި

2025 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސް ޒިޔާރަތްކުރެއްވުން.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ސެޕްޓެމްބަރު 2026، 03:04

29 ސެޕްޓެމްބަރު 2026، 03:04

މި އަހަރު ބާއްވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026އަށް ތަކެތި ބަލައިގަންނަ ތާރީޚުތައް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއުލާނުކޮށްފިއެވެ.

ބީސީސީން މިކަން ހާމަކުރައްވާފައި ވަނީ އެ އިދާރާއިން ނެރުއްވި އިއުލާނެއްގައި ކަމަށްވާއިރު މިއީ، ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން، އެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ މައުރަޒެކެވެ.

އުފެއްދުންތައް ބަލައިގަންނަ ތާރީހުތައް:

  1. ކާބޯތަކެތީގެ ބާވަތްތައް (ކާބޯތަކެތީގެ ގިންތި، ދަނޑުވެރިކަމުގެ އުފެއްދުންތައް އަދި ވެލިއު އެޑިޝަން، މަސްވެރިކަމުގެ އުފެއްދުންތައް އަދި ވެލިއު އެޑިޝަން): 15 އޮކްޓޫބަރު 2026
  2. ކޭކް ޑެކަރޭޝަން: 17 އޮކްޓޫބަރު 2026
  3. އެހެނިހެން ހުރިހާ އުފެއްދުންތައް: 7 އޮކްޓޫބަރު 2026 އިން 13 އޮކްޓޫބަރު 2026

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް ހުޅުމާލެ ސެންޓްރަލް ޕާރކްގައި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައިކަމަށް ބީސީސީގެ އިއުލާނުގައިވެއެވެ. އަދި ތަކެތި ހަވާލުކުރާއިރު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ކުރަންވާނެ ކަމަށާއި،  ބަންދުކުރަންޖެހޭ ތަކެތި ހުންނަންވާނީ ރައްކާތެރިކަމާއެކު ބަންދު ކުރެވިފައި ކަމަށް ވެސް ބީސީސީން ވިދާޅުވެއެވެ.

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ގިންތީގެ އުފެއްދުންތައް ބަލައިގަންނާނީ އޮންލައިން ލިންކެއް މެދުވެރިކޮށް ކަމަށާއި، އެ ލިންކް ފަހުން ހިއްސާކުރެވޭނެ ކަމަށް ބީސީސީން ވިދާޅުވެއެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3330601 ނަންބަރު ފޯނާ ގުޅުއްވުން ބީސީސީން ވަނީ އެދިފައެވެ.

މި މައުރަޒަކީ ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރިންގެ މުދާ އިޝްތިހާރުކޮށް، މާކެޓް ފުޅާކުރުމުގެ އިތުރުން ކަސްޓަމަރުންނާއި އެހެނިހެން ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ބީސީސީން ފާހަގަކުރި ގޮތުގައި، މި އަދަދަށް އުފެއްދުންތައް ރަޖިސްޓްރީވުމަކީ މައުރަޒަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް އަދި އައު އީޖާދުތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ. 

މި އަހަރު 6،000  އަށްވުރެ ގިނަ އުފެއްދުން މައުރަޒުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަ ވެސް ބީސީސީން ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450