Ads by Exprox

ޚަބަރު

ތައިލެންޑު ސަފީރުކަމަށް ފުވާދު އައްޔަނު ކުރަން މަޖިލީހުން ރުހުންދީފި

ތައިލެންޑު ސަފީރުކަމަށް ފުވާދު އައްޔަނު ކުރަން މަޖިލީހުން ރުހުންދީފި

ރައީސް ޑރ މުޢިއްޒުގެ އަރިހުގައި ފުއާދު ތައުފީޤް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޑިސެމްބަރު 2024، 08:55

09 ޑިސެމްބަރު 2024، 08:55

ހުލާސާ


ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވައިފައި ހުންނަ ސަފީރު ކަމަށް ފުވާދު ތައުފީޤް އައްޔަނު ކުުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެެވެ.

ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް ފުވާދު ތައުފީޤް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.

އޭގެ ކުރިން ފުވާދު ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައެވެ. ތައިލެންޑަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރުގެ މަޤާމަށް ފުވާދު އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ އެމަނިކުފާނުގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

 ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް ފުވާދު އައްޔަންކުރުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓާއެކުއެވެ.

ފުވާދު ތައުފީޤު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު، ކޮމިޝަންގެ މެންބަރެއްގެ ގޮތުގައެވެ. އެއް އަހަރު ދުވަހު ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ފުރުއްވުމަށްފަހު، 2009 ވަނަ އަހަރު ކޮމިޝަންގެ ރައީސްކަމަށް ފުވާދު އައްޔަންކުރެވުނެވެ.

2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމު ފުވާދު ފުރުއްވުމަށްފަހު އެކޮމިޝަނުން ވަކިވެވަޑައިގެންނެވިއެވެ. އަދި ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2019ވަނަ އަހަރުއެވެ.

ފުވާދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS