Ads by Farudhun

ޚަބަރު

އަމީނީމަގުގެ ސެގްމަންޓް 3 ގެ ތާރު ނެގުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

އަމީނީމަގުގެ ސެގްމަންޓް 3 ގެ ތާރު ނެގުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

އަމީނީމަގުގެ މަރާމާތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޮކްޓޯބަރު 2026، 08:44

05 އޮކްޓޯބަރު 2026، 08:44

އަމީނީމަގު ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ސެގްމަންޓް 3 ގައި އަޅާފައިވާ ތާރުތައް ނެގުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ތާރު ނެގުމުގެ މަސައްކަތް ކުރިއަށްދާ ސެގްމަންޓް 3 އަކީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދުގައިވާ 1,924.77 އަކަމީޓަރުގެ ސަރަހައްދެކެވެ. އެ މަސައްކަތް ފެށުމާ ގުޅިގެން ޓްރެފިކް ބަދަލުކުރުމާއި، އެ ސަރަހައްދުގައި ޕާކުކުރުން މަނާކުރުމުގެ އިންތިޒާމުތައް ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ ހަމަޖައްސާފައެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، އަމީނީމަގުގެ ސެގްމަންޓް 1 އަދި ސެގްމަންޓް 2 ގެ ތާރު އެޅުމާއި މަރާމާތުގެ އެންމެހައި މަސައްކަތްތައް ނިންމައި، ސާފުކުރުމަށްފަހު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ޕާކާ ހަމައަށް ހިމެނޭ ސެގްމަންޓް 1 އަދި ދިވެހިރާއްޖޭގެ އަޑު ކުރިމަތީ ހަތަރުއަނގޮޅި ހިމެނޭ ސެގްމަންޓް 2 ހިމެނެއެވެ.

އަމީނީމަގުގެ މަރާމާތު މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ ކުރިން މި މަޝްރޫއު ކުރިއަށްގެންދިޔަ ފަރާތުން މަސައްކަތް ނިންމި ސަރަހައްދުތަކުގައި ތާރަށް ގެއްލުންވެ، އަޑިގުޑަންތައް އުފެދުމުގެ ސަބަބުން ހައުސިންގ މިނިސްޓްރީން މަސައްކަތަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. ސެގްމަންޓް 3 ގެ މަސައްކަތްތަކަށްފަހު، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް ސެގްމަންޓް 4 ގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.



މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމާއި، ފަސޭހައިން އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450