ދުނިޔެ

ވިހަ އިންޖެކްޝަނާއެކު ކުށްވެރިޔާ މަރުނުވުމުން ކޮމިޝަނަރ އިސްތިއުފާ ދީފި

ވިހަ އިންޖެކްޝަނާއެކު ކުށްވެރިޔާ މަރުނުވުމުން ކޮމިޝަނަރ އިސްތިއުފާ ދީފި

ޓެނެސީގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ކުރިން ހުންނެވި ސްޓްރާޑާ---

farudhun logo

ފަރުދުން

05 އޮކްޓޯބަރު 2026، 04:16

05 އޮކްޓޯބަރު 2026، 04:16

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ ހުކުމް އިއްވާފައިވާ އަންހެން ކުށްވެރިއެއްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދޭން ފެށުމާ ގުޅިގެން، އެ ސްޓޭޓުގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ކޮމިޝަނަރު ފްރޭންކް ސްޓްރާޑާ އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު 30 ގައި ކްރިސްޓާ ޕައިކް ނަމަކަށް ކިޔާ ކުށްވެރިޔާގެ މަރުގެ ހުކުމް ތަންފީޒު ކުރުމަށް އުޅުމުގެ ތެރޭގައި ދިމާވި މި ހާދިސާއާ ގުޅިގެން، ކަންހިނގައިދިޔަ ގޮތް މިނިވަންކަމާއެކު ތަހުގީގު ކުރުމަށްޓަކައި ވަނީ ކުރީގެ ޔޫ.އެސް އެޓާނީ އެޑް ސްޓެންޓަން ހަމަޖައްސަވާފައެވެ. މި ތަހުގީގުގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރެވުނުތޯ ބަލައި، އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަންނާނެއެވެ.

މި ހާދިސާއަށްފަހު ޓެނެސީގައި މަރުގެ ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

ޕައިކްގެ ވަކީލުން ހާމަކުރި ގޮތުގައި، ވިހަ އިންޖެކްޝަނާއެކު މަރުގެ ހުކުމް ތަންފީޒުކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން އޭނާ މިހާރު އޮތީ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައެވެ. އަދި ޖެހި ޕެންޓޯބާބިޓަލް ކެމިކަލްގެ ސަބަބުންނާއި، ދެއަތަށް ލިބުނު ބޮޑެތި އަނިޔާތަކަށް އޭނާއަށް ސީރިއަސް ފަރުވާ ދެމުންދާ ކަމަށް ވަކީލުން ބުންޏެވެ. ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަނަރުގެ އިސްތިއުފާއަކީ އެކަށީގެންވާ ނިންމުމެއް ނަމަވެސް، މިއީ އެންމެ މީހެއްގެ މައްސަލައެއް ނޫން ކަމަށާއި މުޅި ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކެއް ކަމަށެވެ.

ފާއިތުވި 200 އަހަރުގެ ތެރޭގައި ޓެނެސީގައި މަރުގެ އަދަބު ދޭން އުޅުނު ފުރަތަމަ އަންހެން ކުށްވެރިޔާ ކަމަށްވާ ޕައިކް، މީގެ ކުރިންވެސް ވަނީ އޭނާގެ ހަށިގަނޑުގައި ހުރި ސިއްހީ މައްސަލަތަކާއި ނާރުތައް ހިމަވުމުގެ ސަބަބުން އިންޖެކްޝަން ޖެހުމުގައި ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑެތު ޕެނަލްޓީ އިންފޮމޭޝަން ސެންޓަރުން ބުނާ ގޮތުގައި، ފަހުގެ ތާރީހެއްގައި ވިހަ އިންޖެކްޝަން ޖެހުމަށްފަހު މަރުނުވެ ސަލާމަތްވި ފުރަތަމަ މީހަކީ ޕައިކްއެވެ.

މަރުގެ ހުކުމް އިއްވާފައިވާ ކްރިސްޓާ ޕައިކް---

ކޮމިޝަނަރު ސްޓްރާޑާ އިސްތިއުފާ ދެއްވިއިރު، މީގެ ކުރިން އަރިޒޯނާ ސްޓޭޓުގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް، 2022 ވަނަ އަހަރު ތިން މީހެއްގެ ގަޔަށް އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އޭގެ ފަހުން ޓެނެސީގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ވެރިޔަކަށް އޭނާ ހަމަޖެއްސިއިރު، ޓެނެސީގައި ވެސް ލީތަލް އިންޖެކްޝަން ޓެސްޓު ކުރުމުގައި ހެދި ގޯސްތަކަކާ ގުޅިގެން މަރުގެ އަދަބު ދިނުން މެދުކަނޑާލާފައެވެ. ނަމަވެސް، ސްޓްރާޑާގެ ބެލުމުގެ ދަށުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލުން އުސޫލުތައް އެކުލަވާލައި މަރުގެ އަދަބު ދޭން ފެށިއެވެ.

ޕައިކްއަށް މަރުގެ ހުކުމެއް ކުރީ 1995 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެއީ އުމުރުން 19 އަހަރުގެ ސްލެމަރ ނަމަކަށް އަންހެނަކަށް އަނިޔާކޮށް، ރަހުމުކުޑަ ގޮތަކަށް އޭނާ މަރާލި ހާދިސާއާ ގުޅިގެންނެވެ. އޭރު ޕައިކްގެ އުމުރަކީ 18 އަހަރެވެ.  

ޓެނެސީގައި ހިނގި މި މަރުގެ ހާދިސާއާ ގުޅިގެން މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް އެކަމަށް ހުއްޓިފައި ވަނިކޮށް، އޭގެ ޖެހިގެން އައި އަހަރު އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ. މި ހާދިސާ ހިނގުމުގެ ކުރިން ޕައިކް ވަނީ، ސްލެމަރ އަކީ އޭނާއަށް އިހާނެތިކޮށް ހިތައި، އޭނާގެ ލޯބިވެރިޔާ ހޯދަން އުޅުނު މީހެއްކަމަށް ތުހުމަތުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450