Ads by Farudhun

ޚަބަރު

މާއުނގޫދޫ ސިއްހީ މަރުކަޒުގައި މިހާރު ކުރިޔަށް ދަނީ ކޮލަމްތަކުގެ މަސައްކަތް

މާއުނގޫދޫ ސިއްހީ މަރުކަޒުގައި މިހާރު ކުރިޔަށް ދަނީ ކޮލަމްތަކުގެ މަސައްކަތް

މާއުނގޫދޫ ސިއްހީ މަރުކަޒުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

05 އޮކްޓޯބަރު 2026، 06:35

05 އޮކްޓޯބަރު 2026، 06:35

ށ. މާއުނގޫދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ ބައިގެ މަސައްކަތްތައް ބާރަށް ހިނގަމުންދާއިރު، މިހާރު ކުރިއަށްދަނީ ކޮލަމްތަކާއި ސިޑީގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، މާއުނގޫދޫ ޞިއްޙީ މަރުކަޒަށް އައު އިމާރާތެއް އިތުރު ކުރުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ގެންދަނީ އިމާރާތުގެ ކޮލަމްތަކާއި ސިޑީގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއަކީ މާއުނގޫދޫ ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ހިދުމަތުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 27،219،325.40 (ހަތާވީސް މިލިއަން ދެލައްކަ ނަވާރަހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ސާޅީސް ލާރި) އަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، މާއުނގޫދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަލަށް އިމާރާތްކުރެވޭ ބައިގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، މާއުނގޫދޫގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އަދި ފުރިހަމަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެންދާނެއެވެ. އަދި މިއީ އެ ރަށުގެ ސިއްހީ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450