ޚަބަރު
މެއިންޓެނެންސްއާ ގުޅިގެން މިރޭ ބީއެމްއެލްގެ ބައެއް ހިދުމަތްތައް މެދުކެނޑިދާނެ
ބޭންކް އޮފް މޯލްޑިވްސް---
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާވާފައިވާ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި، މިރޭ (6 އޮކްޓޫބަރު) ގެ ވަގުތެއްގައި އެ ބޭންކުގެ ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.
ބީއެމްއެލް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި މެއިންޓެނެންސް މަސައްކަތް ކުރިއަށްދާނީ މިރޭ ދަންވަރު 1:30 އިން ފެށިގެން 2:30 އާ ދެމެދު ކަމަށެވެ. އަދި މި ވަގުތުތަކުގެ ތެރޭގައި ގާތްގަނޑަކަށް 30 މިނެޓަށް ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.
މި ވަގުތުތަކުގައި މެދުކެނޑިދާނެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
- ކާޑުގެ ހިދުމަތްތައް
- ޕީއޯއެސް ޓާމިނަލްތައް: އެހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަރކާޑު ބޭނުންކޮށްގެން ހަދާ ޕޭމަންޓްތައް ވަގުތީ ގޮތުން ރިޖެކްޓްވުން އެކަށީގެންވެއެވެ. ނަމަވެސް އެހެނިހެން ކާޑުތަކުން ކުރާ ޕޭމަންޓްތައް އާންމު އުސޫލުން ކުރިއަށްދާނެއެވެ.
- ޕޭމަންޓް ގޭޓްވޭ: ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން އޮންލައިންކޮށް ހަދާ ޕޭމަންޓްތަކުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެއެވެ.
We will be carrying out a scheduled maintenance tonight, 6 October, between 1:30 AM and 2:30 AM. During this time, the following services may be temporarily unavailable for 30 minutes: - Card Services - POS Terminals: Payments using Mastercard cards issued by other Banks may be temporarily declined. All other card payments will continue as normal. - Payment Gateway: Online payments using Debit and Credit Cards will be unavailable. We apologize for any inconvenience and appreciate your patience as we work to improve our services.
— Bank of Maldives (@bankofmaldives) October 5, 2026
ބީއެމްއެލް އިން ވިދާޅުވީ މި މަސައްކަތަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.