Ads by Farudhun

ޚަބަރު

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން އަދި ޗެއާމަނަކަށް އަނަސް ހަމަޖައްސައިފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން އަދި ޗެއާމަނަކަށް އަނަސް ހަމަޖައްސައިފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން އަދި ޗެއާމަނަކަށް އަނަސް---

farudhun logo

ފަރުދުން

05 އޮކްޓޯބަރު 2026، 09:47

05 އޮކްޓޯބަރު 2026، 09:47

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ސިނާން އަދި އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އައްޔަންކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިދާޅުވީ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސާފައިވާ އެގްރޯނެޓްގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް (ދޭލިޔާގެ، ގއ. ދެއްވަދޫ) އަދި އެގްރޯނެޓްގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމަށް މުޙައްމަދު ސިނާން (ހުޅުދޫގެ، ސ. ހިތަދޫ) އައްޔަންކުރަން ނިންމީ މިއަދު ބޭއްވި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ.

އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހު އިޢުލާން ކުރައްވާފައެވެ. އެ ނިންމެވުމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ، މިފްކޯ އާއި އެގްރޯނެޓް އެކުގައި މަސައްކަތް ކުރަން ފެށުމުން ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ބަދަލާއެކު އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އަމާޒު ހާސިލްކުރުމުގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގްރޯނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި 2020 ވަނަ އަހަރު އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްސަދަކީ ދިވެހި ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމައަގު ހޯދައިދިނުމާއި، އެ ތަކެތި ފަސޭހަކަމާއެކު ބާޒާރަށް ނެރެދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެއިތުރުން، ދަނޑުވެރިކަމުގެ ވިޔަފާރިއަށް ބޭނުންވާ ފަންނީ އަދި އިދާރީ ޤާބިލްކަން އިތުރުކުރުމަކީވެސް އެގްރޯނެޓްގެ މުހިންމު އަމާޒެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450