Ads by Exprox

ޚަބަރު

އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ގޮވާލާ ދައްކާ ވާހަކަތަކަށް ސްޓެލްކޯގެ އެމްޑީ ކަންބޮޑުވުން ފާޅުކުރައްވައިފި

އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ގޮވާލާ ދައްކާ ވާހަކަތަކަށް ސްޓެލްކޯގެ އެމްޑީ ކަންބޮޑުވުން ފާޅުކުރައްވައިފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ފޮޓޯ: ވޮއިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޑިސެމްބަރު 2024، 12:25

10 ޑިސެމްބަރު 2024، 12:25

ރާއްޖޭގެ އިސް ސިޔާސީ ފަރާތްތަކުން އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ގޮވާލާ ވާހަކަތައް ދައްކަމުންދާތީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ފަހުމީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފަހުމީ މިކަން ފާހަގަކުރެއްވީ އެމަނިކުފާނުގެ އެކްސް  އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ފަހުމީ ވިދާޅުވެފައިވަނީ، "ޤައުމުގެ އިސް ސިޔާސީ ފަރާތްތަކުން އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ގޮވާލާ މަންޒަރު ފެންނަމުންދާތީ ވަރަށް ބޮޑަށް ހިތާމަކުރަން. ލީޑަރޝިޕްއަކުން ވާންޖެހޭނީ އެއްބައިވަންތަކަމަށް މަގުދައްކައިދޭ އެއްޗަކަށް، ބައިބައިވުމަށް ނޫން" ކަމަށެވެ.

ފަހުމީގެ މި ޕޯސްޓަކީ، ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަވަހާރަކޮށްލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކޮށް، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓުންނާއި ޕާޓީގެ ވެރިން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ކުރެއްވި ޕޯސްޓެއް ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ އެކްޓިވިސްޓަކު މުޙައްމަދު އަމީން އަވަހާރަކޮށްލުމަކީ ރަނގަޅު ކަމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކުމާ ގުޅިގެން، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވެސް ވަނީ އެ ވާހަކަތަކަށް ހިތްވަރުދޭ ގޮތަށް ވާހަކަދައްކަވާފައެވެ. ފައްޔާޒު ވިދާޅުވެފައިވަނީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުޙައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނެ" ކަމަށެވެ.

މި ބާވަތުގެ ވާހަކަތައް ދެއްކުމަކީ ޤައުމުގެ އެއްބައިވަންތަކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ފާހަގަކުރެވެއެވެ. އަދި މުޙައްމަދު އަމީންގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވި ގިނަ ކުރިއެރުންތަކާއި ތަރައްޤީގެ މަޝްރޫޢުތައް މިއަދުވެސް ފެންނަން ހުރިކަން ފާހަގަކުރަންޖެހެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco