Ads by Farudhun

ޚަބަރު

ފަޅު ރަށަކަށް ގޮސް އުޅެނިކޮށް ހާލުދެރަވި މީހަކު ނިޔާވެއްޖެ

ފަޅު ރަށަކަށް ގޮސް އުޅެނިކޮށް ހާލުދެރަވި މީހަކު ނިޔާވެއްޖެ

ރާއްޖޭގެ ފަޅު ރަށެއް---

farudhun logo

ފަރުދުން

06 އޮކްޓޯބަރު 2026، 10:15

06 އޮކްޓޯބަރު 2026، 10:15

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން، މިއަދު 14:30 ހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ކޮލަމާފުށި، އުދަރެސް، އަޙްމަދު މިސްޙާޤު (45އ) އެވެ.

އޭނާ ހާލު ދެރަވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވި ނަމަވެސް، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450