ޚަބަރު
މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ
ދެ ފަތުރުވެރިއަކު މޫދުގައި---
ދ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ދ. އަތޮޅު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ޗައިނާއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. ނަމަވެސް އެމީހުންގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.