ކުޅިވަރު

ދުވާފަރުން ޖެހިޖެހިގެން ދެވަނަ ފައިނަލުގައި އިނގުރައިދޫ ބަލިކޮށްފި

ދުވާފަރުން ޖެހިޖެހިގެން ދެވަނަ ފައިނަލުގައި އިނގުރައިދޫ ބަލިކޮށްފި

ދުވާފަރުން ޒޯން ޝީލްޑް އުފުލާލުން / ފޮޓޯ: އަހުމަދު މާހު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޮކްޓޯބަރު 2026، 07:44

07 އޮކްޓޯބަރު 2026، 07:44

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ނޯތު ޒޯން 2 ގެ ފައިނަލް މެޗުގައި އިނގުރައިދޫ ރެދަން ސްޕޯޓްސް ކްލަބުގެ މައްޗަށް 1-0 އިން ކުރިހޯދައި، ދުވާފަރުން ޖެހިޖެހިގެން ދެވަނަ ފައިނަލުގައި އިނގުރައިދޫ ބަލިކޮށް ތަށި އުފުލާލައިފިއެވެ.

މި ދެ ޓީމު އެންމެ ފަހުން ވާދަކުރި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ރ. އަތޮޅު ފައިނަލުގައި ވެސް 3-1 އިން އިނގުރައިދޫ ބަލިކޮށް ތަށި ހޯދީ ދުވާފަރެވެ. އެހެންކަމުން މިއީ ދެ މަސްދުވަހުގެ ތެރޭގައި ދުވާފަރުން އިނގުރައިދޫ ބަލިކުރި ދެވަނަ ފައިނަލެވެ.

މަނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ މި ފައިނަލް މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވިއެވެ. އެގޮތުން އެގޮތުން ރަށުން ބޭރުން ގާތްގަނޑަކަށް ހާހެއްހާ މީހުން މަނަދޫއަށް މެޗު ބެލުމަށް ދިޔަކަމަށް މައުލޫމާތު ލިބެއެވެ. 

ސަރަހައްދުގެ އެންމެ ވަރުގަދަ ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދިޔަ މި މެޗު ވެގެންދިޔައީ ވަރަށް ވާދަވެރި، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު މެޗަކަށެވެ. ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް މޮޅު ސޭވްތަކެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

މި ލަނޑު ދުވާފަރަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އިސާމްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިބްރާހީމް މުބީން، ދުވާފަރުގެ އިބްރާހީމް އަނާންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭޖެހުން ގޯލުގެ ތެރެއަށް އިސާމް ފޮނުވާލީ އިނގުރައިދޫގެ ވޯލް ފޫއަޅުވާލުމަށްފަހުއެވެ.

ދެވަނަ ހާފުގައި އިނގުރައިދޫން ނަތީޖާ ހަމަހަމަކުރުމަށް ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދުވާފަރުން ވެސް މަސައްކަތްކުރީ ލީޑު ފުޅާކޮށް މެޗު ކަށަވަރު ކުރުމަށެވެ. ނަމަވެސް، އިތުރު ލަނޑެއް ނުފެނި ދުވާފަރުން ވަނީ ލީޑު ދަމަހައްޓައި ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

މުބާރާތުގެ ނޯތު ޒޯން 2 ގެ ވަކިވަކި އެވޯޑުތައް ހާސިލްކުރި ކުޅުންތެރިން:

  • އެންމެ އުންމީދީ ކުޅުންތެރިޔާ: މުޙައްމަދު ޝަޛްވާން ޖައުފަރު (މަނަދޫ)
  • އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: ހައްޔާން ޙަސަން ޙުސައިން (ތުޅާދޫ)
  • އެންމެ މޮޅު ކޯޗު: މުޙައްމަދު ޢަލީ (ދުވާފަރު)
  • އެންމެ މޮޅު ކުޅުންތެރިޔާ: ޢަލީ ޙާފިޒް (އިނގުރައިދޫ)

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އިނގުރައިދޫގެ އުލާން ބަޓިރްބެކް އުއުލޫ އަދި ޢަލީ ޙާފިޒްގެ އިތުރުން، ދުވާފަރުގެ އިބްރާހީމް އަނާން، އަޙްމަދު އީސާ އަދި އިބްރާހީމް ނަދީމް އާދަމްއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450