Ads by Farudhun

ޚަބަރު

ހަތަރު ރަށެއްގައި މިސްކިތް އެޅުމުގެ މަޝްރޫޢުގެ ބީލަން އަލުން ހުޅުވާލައިފި

ހަތަރު ރަށެއްގައި މިސްކިތް އެޅުމުގެ މަޝްރޫޢުގެ ބީލަން އަލުން ހުޅުވާލައިފި

އދ.ދަނގެތީގައި ބިނާކުރު މިސްކިތެއް. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޮކްޓޯބަރު 2026، 11:18

07 އޮކްޓޯބަރު 2026، 11:18

ރާއްޖޭގެ ހަތަރު ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މާލީ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.

މާލީ ވުޒާރާއިން އަލުން ބީލަމަށް ހުޅުވާލާފައިވަނީ ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާގެ އިތުރުން ތ. އޮމަދޫ އަދި ލ. ކަލައިދޫގައި މިސްކިތް ބިނާކުރުމުގެ މަޝްރޫޢަށެވެ. މި މަޝްރޫޢުތަކުގެ ބީލަމަށް ކުރިމަތިލެވޭނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" ގެ ދަށުން ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް އެދޭ ފަރާތްތަކުން ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފީ ބަލައިގަތުން މި މަހުގެ 7 އިން 19 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް "ބަނޑޭރި ޕޭ" މެދުވެރިކޮށް ކުރިއަށްދާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް، ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް އަދި ވަޤުފު އިމާރާތްތައް ބިނާކުރުން ހިމެނޭހެން 70 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450