Ads by Farudhun

ޚަބަރު

މާޅެންދޫ ދެވަނަ ބަނދަރު: ބިންގަލުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

މާޅެންދޫ ދެވަނަ ބަނދަރު: ބިންގަލުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

މާޅެންދޫ ބަނދަރުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޮކްޓޯބަރު 2026، 11:56

07 އޮކްޓޯބަރު 2026، 11:56

ނ. މާޅެންދޫގައި ސަރުކާރުން ކުރިއަށްގެންދާ ދެވަނަ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން، ބެޑް ޕްރިޕަރޭޝަން ނުވަތަ ބިންގާ އެޅުމަށް ވެލިގަނޑު އެއްވަރުކުރުމުގެ މުހިންމު މަސައްކަތް ސައިޓުގައި މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 32.34 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ.



މި މަޝްރޫޢުގެ ދަށުން މާޅެންދޫގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 9,735 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 47 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން ޖެޓީއަކާއި 30 މީޓަރު ދިގު، 4 މީޓަރު ފުޅާ ބްރިޖެއް އެޅުން ހިމެނެއެވެ. އަދި ބަނދަރު ސަރަޙައްދުގައި 928 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ.

ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި ބޮޑުހިލައިގެ 386 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 175 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން، އޮއިވަރު ކޮންޓްރޯލްކޮށް ގޮނޑުދޮށް ދެމެހެއްޓުމަށްޓަކައި 73 މީޓަރުގެ ގްރޮއިން ޖެހުންވެސް ޑިޒައިންގައި ހިމަނާފައިވެއެވެ. މި ވަގުތު ސައިޓުގައި ކުރިއަށްދަނީ ބޭރުތޮށްޓާއި ރިވެޓްމަންޓް އެޅުމުގެ ކުރިން އަޑީގެ ބިންގާ ތައްޔާރުކުރުމުގެ މަރުހަލާއެވެ.

މި މަޝްރޫޢު ފުރަތަމަ އެމްޓީސީސީއާ ހަވާލުކުރެވުނީ މޭ 2023 ގައެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2023 ގައި މަސައްކަތުގެ އަމަލީ ސައިޓު މޮބިލައިޒްކުރެވުނުއިރު، ޖުލައި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ހުޅަނގު ފަރާތު ޖެޓީގެ މަސައްކަތްތައް އަވަސްކުރުމަށާއި، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ވައުދާ އެއްގޮތަށް ޖެނުއަރީ 2026 ގައި ސަރުކާރުން ވަނީ މާޅެންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރު މަސައްކަތްތަކެއް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައެވެ. މިހާރު ކުރިއަށްދާ ދެވަނަ ބަނދަރާއި ޖެޓީގެ މަޝްރޫޢު ނިމުމުން، މާޅެންދޫގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކުދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450