Ads by Farudhun

ޚަބަރު

ސީއާރުޕީޑީގެ އިހުތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުގެ ރުހުމަށް އެދިއްޖެ

ސީއާރުޕީޑީގެ އިހުތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުގެ ރުހުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ. ފޮޓޯ: މަޖިިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޮކްޓޯބަރު 2026، 12:46

07 އޮކްޓޯބަރު 2026، 12:46

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް" (ސީއާރުޕީޑީ) ގެ އިހުތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖޭން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ޕްރޮޓޮކޯލްގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޑިޕޮސިޓަރީއަށް "އިންސްޓްރުމަންޓް އޮފް އެކްސެޝަން" ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

މި މުއާހަދާގައި ބައިވެރިވުމަކީ ދިވެހި ރައްޔިތުންގެ މައްޗަށް އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ބާވަތުގެ ކަމަކަށް ނުވިނަމަވެސް، ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހުގައި ކަމަށް ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، މި ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާމެދު މަޖިލީހުން ދެކޭގޮތެއް އަންގައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު މަޖިލީހުގެ އަމީން އާންމު ވަނީ ތަޅުމަށް އިއްވަވާފައެވެ. ސިޓީފުޅު އިއްވެވުމާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ މި މައްސަލަ އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450