Ads by Farudhun

ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި

ތައިލެންޑްގައި ޑްރަގް ކޭސްގައި ހައްޔަރުކުރި ދެމީހުން. ފޮޓޯ: ދަ ތައިގާ ނޫސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޮކްޓޯބަރު 2026، 02:27

07 އޮކްޓޯބަރު 2026، 02:27

ގިނަ އަދަދެއްގެ ކްރިސްޓަލް މެތު (އައިސް) އާއި ކެނަބިސް ފޮރުވައިގެން ރާއްޖެއަށް ފޮނުވަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ.

ތައިލެންޑުގެ ނޫހެއް ކަމަށްވާ "ދަ ތައިގާ" އިން އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުހައްމަދު ވިސާމް އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ޕްރަތޫނާމް ސަރަހައްދުގައި ހުންނަ ކާގޯ ޚިދުމަތްދޭ ތަނަކަށް ގެންދިޔަ ޕާރުސަލްތަކެއް ފުލުހުން ބަލައި ފާސްކުރުމަށްފަހުގައެވެ.

ފުލުހުންގެ ތަހުގީގު ފަށާފައިވަނީ އޮކްޓޯބަރު 5 ވަނަ ދުވަހު، ޓޭޕް އަޅައި ރަނގަޅަށް ބަންދުކޮށްފައި ހުރި ބޮޑެތި ފޮށިގަނޑުތަކެއް ހިފައިގެން ބޭރު މީހަކު އެ ތަނަށް ދިޔަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ ފޮށިގަނޑުތަކުން ބާރު ވަހެއް ދުވުމުގެ ސަބަބުން، އޭގައި ގަވާއިދާ ހިލާފު އެއްޗެއް ހުރެދާނެ ކަމަށް ބަލައި ކާގޯ އޮފީހުގެ މުވައްޒަފުން ވަނީ އެ ތަކެތި ފޮނުވައިނުދީ އަނބުރާ ގެންދިއުމަށް އަންގައި، ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

އެއަށްފަހު ފުލުހުން ކުރި ތަހުގީގުން މި ޕާރުސަލްތައް ފެނިފައިވަނީ ރަޗަތޭވީ ޑިސްޓްރިކްޓްގެ ޕެޓްޗަބުރީ ސޯއި 11 ގައި ހުންނަ ޑޯމިޓަރީއެއްގެ ތިރީގައި ބަހައްޓާފައި ހުއްޓައެވެ. ފުލުހުން އެ ސަރަހައްދު މޮނީޓާ ކުރަމުން ދަނިކޮށް، ދެ ބިދޭސީއަކު ޓުކްޓުކެއް ގެނެސް އެ ފޮށިގަނޑުތައް އޭގެ މައްޗަށް އަރުވަން އުޅެނިކޮށް ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހުން ހުއްޓުވައި ފާސްކޮށްފައެވެ.

ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު، ފެން އަޅާ ސްޓެއިންލެސް ސްޓީލް 8 ތާމޯސް ތެރޭގައި ކްރިސްޓަލް މެތު ފޮރުވާފައި ހުއްޓެވެ. ކޮންމެ ތާމޯސްއެއްގެ ތެރޭގައި ގާތްގަނޑަކަށް 200 އާއި 300 ގްރާމާ ދެމެދުގެ އަދަދަކަށް މަސްތުވާތަކެތި ހުރިއިރު، އޭގެ ޖުމްލަ ބަރުދަނުގައި 2.37 ކިލޯގްރާމް ހުއްޓެވެ. މީގެ އިތުރުން ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅައި ފޮރުވާފައި ހުރި ކެނަބިސް ވެސް ވަނީ ފެނިފައެވެ.

ތައިލެންޑް ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450