Ads by Farudhun

ޚަބަރު

މަސްވެރިންގެ ދުވަހުގެ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރިންގެ ދުވަހުގެ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި މަސްވެރިން ތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޮކްޓޯބަރު 2026، 06:50

07 އޮކްޓޯބަރު 2026، 06:50

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި އެވޯޑުތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ޚިދުމަތްތައް ބަލައިގަތުމުގެ ގޮތުން ދިނުމަށް ނިންމާފައިވާ އެވޯޑުތަކެކެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިފަހަރުގެ މަސްވެރިންގެ ދުވަހު ހަތަރު ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް): މަސްވެރިކަމުގައި އަމަލީގޮތުން ހަރަކާތްތެރިވާ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ޚާއްޞަ އެވޯޑެކެވެ.
  • އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި): މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.
  • ޚިދުމަތްތެރި ފަރުމަސްވެރިޔާ: އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.
  • ޚިދުމަތްތެރި އަންހެން މަސްވެރިޔާ: މަސްވެރިކަމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ އަންހެނުންނަށް ޚާއްޞަ އެވޯޑެކެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުންނާއި އެހެން ފަރާތްތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޝަރުތު ފުރިހަމަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، މި ހިނގާ އޮކްޓޫބަރު މަހުގެ 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާގެ ރަސްމީ އީމެއިލަށް ފޮނުވުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450