Ads by Farudhun

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ޒުވާނުން ބާރުވެރިކުރުމާ ގުޅޭ ވުޒާރާ

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2026، 08:41

07 އޮކްޓޯބަރު 2026، 08:41

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއުއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ މިނިސްޓަރ މުހައްމަދު އަމީންއެވެ.

މި އެމްއޯޔޫގެ މައިގަނޑު މަޤްޞަދަކީ ދެ މިނިސްޓްރީ ގުޅިގެން "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ އަދި ޤާބިލު ޒުވާނުން ބިނާކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ޒުވާނުން ތަމުރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން މައިގަނޑު ގޮތެއްގައި އެހީތެރިވެދޭނީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓްތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މި ޕްރޮގްރާމްގައި ރިސޯޓްތައް ބައިވެރިކުރުވުމަށެވެ. މީގެއިތުރުން، ރިސޯޓްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދޭ ސަޕޯޓް ރޯލެއް އެ މިނިސްޓްރީން އަދާކުރާނެއެވެ.

ދެ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މިއަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތައް ފެށުމަށް އަމާޒުހިފައި، އެކަމަށް ބޭނުންވާ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މާހައުލުގައި ތިބެގެން އަމަލީ ތަޖުރިބާއާއި ތަމުރީނު ހޯދުމަށް ފަހިވެގެންދާނެ އަގުހުރި ފުރުޞަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450