ޚަބަރު
ރާއްޖޭގެ ދެކުނުން ޗާގޯސް ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ
ކުއްލި ހަބަރު---
ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ރަށްތަކުގެ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ސަރަޙައްދަށް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.0 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެކެވެ.
މެޓް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބިންހެލުން އުފެދުނު ސަރަޙައްދަކީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 833 ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބެކެވެ.
އަދި ބިންހެލުން އައި ސަރަޙައްދު ރާއްޖެއާ ދުރުގައި އޮތުމުގެ ސަބަބުން، މި ބިންހެލުމުގެ ސީދާ އެއްވެސް އަސަރެއް ދިވެހިރާއްޖެއަށް ނުކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ޔަޤީންކޮށްދީފައެވެ.