Ads by Farudhun

ޚަބަރު

މުޅި ނޫނު އަތޮޅު ވަނީ ސިއްހީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައި: ސިއްހީ ވަޒީރު

މުޅި ނޫނު އަތޮޅު ވަނީ ސިއްހީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައި: ސިއްހީ ވަޒީރު

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ނޫނު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޮކްޓޯބަރު 2026، 11:44

07 އޮކްޓޯބަރު 2026، 11:44

މުޅި ނޫނު އަތޮޅު ވަނީ ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ގިނަ ކުރިއެރުންތަކެއް ހޯދާފައި ކަމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ނ. ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މުޅި ނޫނު އަތޮޅުގެ ސިއްހީ ދާއިރާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ހިދުމަތާއި، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތުގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތް އަލަށް ފަށާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ޑަޔަލިސިސްގެ ހިދުމަތާއި ދަތުގެ ފަރުވާގެ ހިދުމަތްތައް ކުރިއަށްވުރެ ބޮޑަށް ފުޅާކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަތޮޅުގެ އެހެން ރަށްރަށުގެ ސިއްހީ ހިދުމަތްތަކަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން އަދި އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް މިހާރު ފެށިފައިވާ ކަމަށެވެ. ހަމައެއާއެކު، ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލް ނިމި ، އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ދަނީ ތައްޔާރުވަމުން.

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަތޮޅުގައި ލެބޯޓްރީގެ ހިދުމަތް ކުރިން ގާއިމްކޮށްފައި ނުވާ 8 ރަށުގެ ތެރެއިން 3 ރަށެއްގައި ލެބޯޓްރީގެ ހިދުމަތްތައް ގާއިމްކުރެވިފައިވާއިރު، ބާކީ އޮތް 5 ރަށުގައިވެސް އެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއިން މިފަދަ ބޮޑެތި ތަރައްގީތަކެއް ހޯދެމުން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއި ސަރުކާރުން ސިއްހީ ދާއިރާއަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުން ކަމުގައި ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450