Ads by Farudhun

ޚަބަރު

އީގަލް ހިލްސްގެ ރަސްމާލެ ޕްރޮޖެކްޓްގައި އެންމެ އިސްކަމެއް ދޭނީ ދިވެހިންނަށް: އަލްޢައްބާރު

އީގަލް ހިލްސްގެ ރަސްމާލެ ޕްރޮޖެކްޓްގައި އެންމެ އިސްކަމެއް ދޭނީ ދިވެހިންނަށް: އަލްޢައްބާރު

އީގަލްސް ހިލްސްގެ ޗެއާމަން އަލަ އައްބާރު - ފޮޓޯ: ފޯބްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 އޮކްޓޯބަރު 2026، 03:36

08 އޮކްޓޯބަރު 2026، 03:36

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ، ރަސްމާލޭގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރ-ފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ހުރިހާ މަރުޙަލާއެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްކަމަށް، އެ މަޝްރޫޢު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޢަލީ އަލްޢައްބާރު ވިދާޅުވެއްޖެއެވެ.

ފޭދޫފިނޮޅު ރިސޯޓުގައި ނޫސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން އަދި ސަރުކާރުގެ ބައެއް ވަޒީރުންނާ އެކު ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަލްޢައްބާރު ވިދާޅުވީ، ދުނިޔޭގެ މަޝްހޫރު 'ޢިމާރު' އަދި 'އީގަލް ހިލްސް' އިން ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ކޮންމެ މަޝްރޫޢެއްގައިވެސް އެންމެ މުހިންމު ސިޔާސަތަކީ އެ ޤައުމެއްގެ ވިޔަފާރިތަކާއި ރައްޔިތުންނަށް އެންމެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން ކަމަށެވެ. އެގޮތުން ރަސްމާލޭގެ މަޝްރޫޢުގައި ވެސް އެ އުސޫލު އެންމެ ފުރިހަމައަށް ދަމަހައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްޢައްބާރު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ކޮންޓްރެކްޓަރުންނާއި، ތަކެތި ސަޕްލައިކުރާ ފަރާތްތަކުގެ އިތުރުން ލޮޖިސްޓިކްސްގެ އެންމެހައި ޚިދުމަތްތައް ދިނުމުގައި ބޭނުންކުރާނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކެވެ. ބޭރުން ތަކެތި އަމިއްލައަށް އެތެރެކުރުމުގެ ބަދަލުގައި، ރާއްޖޭގެ ސަޕްލަޔަރުންނާއި ވިޔަފާރިތައް މެދުވެރިކޮށް އެކަންކަން ހަމަޖެއްސުމަކީ މި މަޝްރޫޢުގެ މައިގަނޑު އަމާޒެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި މަޝްރޫޢުގެ ތެރެއިން ދިވެހި ޒުވާނުންނަށް ޢަމަލީ ތަޖުރިބާއާއި ފަންނީ ހުނަރުތައް ދަސްކޮށްދީ، ބައިނަލްއަޤްވާމީ ފެންވަރުގެ ޤާބިލުކަން ހޯދައިދިނުމަކީ ވެސް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމެއް ކަމަށް އަލްޢައްބާރު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި އީގަލް ހިލްސްއަށް އެއްވެސް މާލީ ދަތިކަމެއް ނެތްކަން ހާމަކުރައްވަމުން އަލްޢައްބާރު ވިދާޅުވީ، ސޫރިޔާ ފަދަ ޤައުމުތަކުގައި ވެސް އެ ކުންފުނިން ކަންކުރި ބީދައިން، މި މަޝްރޫޢުގައި ޙިއްޞާވެ އިންވެސްޓްކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް އެ ފުރުޞަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހި ވިޔަފާރިތަކަށް މި މަޝްރޫޢުގެ ސަބަބުން ލިބެންޖެހޭ މަންފާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމުގައި އަލްޢައްބާރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450