Ads by Farudhun

ޚަބަރު

ރަސްމާލެ މަޝްރޫޢާއެކު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުޞަތުތަކެއް ލިބޭނެ: އަލްޢައްބާރު

ރަސްމާލެ މަޝްރޫޢާއެކު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުޞަތުތަކެއް ލިބޭނެ: އަލްޢައްބާރު

އަލްއައްބާރު އާއި ވިޔަފާރިވެރިންނާއި ބައްދަލު ކުރެއްވުން - ފޮޓޯ: ސަން އޮންލައިން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 އޮކްޓޯބަރު 2026، 04:18

08 އޮކްޓޯބަރު 2026، 04:18

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ ދުނިޔޭގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި، އީގަލް ހިލްސްއިން ރާއްޖޭގެ ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަރައި ދިއުމުގެ ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްއައްބާރު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން އަލްއައްބާރު ވިދާޅުވީ، މި މަޝްރޫޢުން ލިބޭ މާލީ މަންފާގައި ބައިވެރިވުމުގެ ފުރިހަމަ ޖާގަ ރާއްޖޭގެ އިންވެސްޓަރުންނަށާއި ވިޔަފާރިތަކަށް އޮންނާނެ ކަމަށެވެ. އަދި އީގަލް ހިލްސްއަކީ ހަމައެކަނި ފައިދާ ނަގައިގެން ފުރައިގެންދާނެ ބޭރުގެ އިންވެސްޓަރެއް ނޫން ކަމަށާއި، މުސްލިމަކަށް ވީތީ އަނެއް މުސްލިމް މުޖުތަމަޢަކަށް އައިސް މަސައްކަތް ކުރާއިރު، އެ ގައުމެއްގެ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ލިބުމަކީ އޭނާ ވަރަށް ބޮޑަށް ގަބޫލުފުޅުކުރައްވާ ކަމެއް ކަމަށްވެސް އަލާއްބާރު ފާހަގަކުރެއްވިއެވެ.

ރިއަލް އެސްޓޭޓް ދާއިރާގައި 28 އަހަރަށްވުރެ ދިގު ތަޖުރިބާ ލިބިވަޑައިގެންފައިވާ އަަލްއައްބާރު ވިދާޅުވީ، ދުނިޔޭގެ 20 ގައުމެއްގައި އެ ކުންފުނިން މަޝްރޫޢުތައް ތަންފީޒުކުރަމުން އަންނައިރު ވެސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ އެ ގައުމެއްގެ ކޮންޓްރެކްޓަރުންނާއި، މުދާ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އާކިޓެކްޓުންނަށް އިސްކަންދިނުމަށް ކަމަށެވެ. އެ އުސޫލުގެ ދަށުން، ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތުގައި ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ހިއްސާއެއް ލިބި، އެ ވިޔަފާރިތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ދުރުމިނުގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ސިޓީގައި ހިންގާ މި މަޝްރޫޢުގެ ތެރޭގައި، ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް ގާއިމުކުރުން ހިމެނެއެވެ. އަދި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ހިތްގައިމު ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން، މުނިފޫހިފިލުވުމާއި، ޚާއްސަ ވެލްނެސް ސެންޓަރުތައް ވެސް މި ސިޓީގައި ތަރައްގީކުރެވިގެންދާނެއެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އިންގިލާބީ މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭއިރު، މި މަޝްރޫޢުގެ ދަށުން ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. މިއާއެކު މި މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު، ރަސްމާލެ ވެގެންދާނީ ދިވެހި ވިޔަފާރިތަކަށާއި މުޅި އިޤްތިޞާދަށް އާރޯކަމާއި ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ މުހިންމު މަރުކަޒަކަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450