Ads by Farudhun

ޚަބަރު

ސައުދީގެ ދެ އެއަރޕޯޓަކަށް ހޫތީން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައުދީގެ ދެ އެއަރޕޯޓަކަށް ހޫތީން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފޮރިން މިނިސްޓްރީ---

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2026، 04:57

08 އޮކްޓޯބަރު 2026، 04:57

ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ޖަމާއަތުން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަރނޭޝަނަލް އެއާޕޯޓާއި، ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށްގެން މި މަހުގެ 6 އަދި 7 ވަނަ ދުވަހު ހޫތީން ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން އާންމުންގެ ބައެއްގެ ފުރާނަ ގެއްލި، ގިނަ ބަޔަކު ޒަހަމްވެ، އެއާޕޯޓުތަކުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ހާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހޫތީން ދިން މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލުމަށް ދީފައިވާ ފިނޑި ހަމަލާތަކެކެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި، ރައްކާތެރިކަން ނަގާލުމުގެ ނިޔަތުގައި ހިންގާފައިވާ ނުރައްކާތެރި އަމަލެއްގެ ގޮތުގައިވެސް ދިވެހިރާއްޖެއިން ވަނީ ސިފަކޮށްފައެވެ.

މި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ސަރުކާރުން ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އަޚުވަންތަ ރައްޔިތުންނާއެކު ސާބިތުކަމާއެކު ކަމުގެ ޔަގީންކަން ޚާރިޖީ ވުޒާރާއިން ވަނީ އަރުވާފައެވެ. އަދި ސައުދީގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމަށާއި، ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް އެ ޤައުމުން އަޅުއްވާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ސަޢޫދީ އަރަބިއްޔާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ އެއާޕޯޓަށް ދިން ހަމަލާތަކުގައި ޖުމްލަ ތިން މީހަކު ވަނީ މަރުވެފައެވެ. އެގޮތުން، ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެފައިވާއިރު، އަބްހާ އެއާޕޯޓަށް އަމާޒުވި ހަމަލާގައި ދެ މީހުން މަރުވެ، 28 މީހުން ވަނީ ޒަޚަމްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450