Ads by Farudhun

ޚަބަރު

ރައީސްގެ ހިކުމަތްތެރިކަމުން، ވާރުތަވި ބޮޑު ދަރަނިން ސަލާމަތްވެވިއްޖެ: ވަޒީރު ސައީދު

ރައީސްގެ ހިކުމަތްތެރިކަމުން، ވާރުތަވި ބޮޑު ދަރަނިން ސަލާމަތްވެވިއްޖެ: ވަޒީރު ސައީދު

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2026، 05:21

08 އޮކްޓޯބަރު 2026، 05:21

ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ވާރުތަވި މާލީ ބޮޑު ދަރަންޏާއި ދަތި ހާލަތުން ގައުމު ސަލާމަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ހިކުމަތްތެރި އަދި ކެތްތެރި ލީޑަޝިޕަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ތައުރީފު ކުރައްވައިފިއެވެ.

ވަޒީރު ސައީދު މިކަން ހާމަކުރެއްވީ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީއެއް ކަމަށްވާ މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ1'  އަށް މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' ނުވަތަ ހަމަޖެހޭ ހާލަތަކަށް ބަދަލުކުރުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީ މާލީ ގޮތުން އިންތިހާއަށް ދަތި އަދި ބޮޑު ދަރަނީގެ ބުރައެއް އޮތް ހާލަތެއްގައި ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި، ކެތްތެރިކަމުގެ އިތުރުން ވިސްނުންތެރި ލީޑަޝިޕްގެ ސަބަބުން، ދައްކަންޖެހިފައި ހުރި ބޮޑެތި ދަރަނިތައް ދެއްކުމަށާއި އިގުތިސާދީ ގޮތުން ގެންނަންޖެހުނު ދަތި އިސްލާހީ ފިޔަވަޅުތައް އެޅުމުގައި ރާއްޖެ ކާމިޔާބު ހޯދާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.



މީގެއިތުރުން، އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދީ ހަމަޖެހުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރާއްޖެއާމެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދުނިޔޭގެ އިތުބާރު އަލުން އާވެގެން ގޮސްފައިވާ ކަމަށްވެސް ވަޒީރު ސައީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މޫޑީސް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފައި މިވަނީ، ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ މާލީ އިސްލާހީ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ އިދާރާތަކުން ފާރަވެރިވަމުންދާ ދަނޑިވަޅެއްގައެވެ. މި ބަދަލާއެކު ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަށް އޮތް ތަނުގައި އިތުރަށް ހަމައަކަށް އެޅިގެންދާނެ ކަމަށް މާލީ މާހިރުން ވެސް ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450