Ads by Farudhun

ޚަބަރު

ޕާސްޕޯޓު ދޫކުރުމަށް ދިމާވި ދަތިތައް ހައްލުކޮށްފި

ޕާސްޕޯޓު ދޫކުރުމަށް ދިމާވި ދަތިތައް ހައްލުކޮށްފި

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޮކްޓޯބަރު 2026، 05:50

08 އޮކްޓޯބަރު 2026، 05:50

ދިވެހި ޕާސްޕޯޓު ދޫކުރުމަށް ދިމާވި ދަތިތައް މިހާރު ހައްލުކުރެވިފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޕާސްޕޯޓުގެ ހިދުމަތާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާ ބަންދުގައި ޕާސްޕޯޓު ބުކްލެޓްގެ އައު ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށާއި، އެހެންކަމުން އަންނަ އާދީއްތަ ދުވަހުން ފެށިގެން މި ހިދުމަތް އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށެވެ.

ޕާސްޕޯޓުގެ ސްޓޮކް މި ވީކެންޑުގަ އަޅުގަނޑުމެނާ ހިސާބަށް އަންނާނެ. އެއަށްފަހު އަޅުގަނޑުމެނަށް ޕާސްޕޯޓު އިޝޫކުރުމުގެ ނޯމަލް ހާލަތަށް މި އާދީއްތަ ދުވަހުން ފެށިގެން ގެނެވޭނެ.

ވަޒީރު އިހްސާން ވިދާޅުވިއެވެ.

 މި ވަގުތު ޕާސްޕޯޓު ހެދުމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބެކްލޮގްގައި 2،600 އެއްހާ ރިކުއެސްޓް ހުރި ކަމަށާއި އަދި އެ އެޕްލިކޭޝަންތައް އެއްކޮށް ޕްރޮސެސްކޮށް ނިންމުމަށް ގާތްގަނޑަކަށް ފަސްވަރަކަށް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި، ހިދުމަތް ދޭ ވަގުތު އިތުރުކޮށް، ޕާސްޕޯޓު ޕްރިންޓްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބެކްލޮގް އެއްކޮށް ފިލުވާލުމަށްފަހު، ކުރިއެކޭ އެއްގޮތަށް 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު އިހްސާން ވަނީ ދެއްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ޕާސްޕޯޓު ސަޕްލައިކުރާ ކުންފުންޏާއެކު މަސައްކަތް ކުރާތާ 10 ވަރަކަށް އަހަރު ވެފައިވާއިރު، މީގެ ކުރިން ދުވަހަކުވެސް މިފަދަ ދަތިކަމެއް ދިމާވެފައެއް ނުވެއެވެ. އަދި އެ ކުންފުންޏަކީ ދުނިޔޭގެ އެކި ގައުމުތަކަށް ޕާސްޕޯޓު ބުކްލެޓް ސަޕްލައި ކުރުމުގައި 25 އަހަރުގެ ތަޖުރިބާހުރި އިތުބާރު ހިފޭ ކުންފުންޏެއް ކަމަށްވުމުން، ކުރިއަށް އޮތް ތަނުގައި މިފަދަ ދަތިކަމެއް ދިމާނުވެ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕާސްޕޯޓު ބުކްލެޓް ގެނައުމުގައި ދިމާވި ދަތިކަމާއެކު، އޯގަސްޓު މަހުގެ 27ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރަން ޖެހޭ ފަރާތްތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތު އޮންނަ އިމަޖެންސީ ޕާސްޕޯޓެއް ދޫކުރުމަށް ނިންމިއެވެ. ނަމަވެސް ސްޓޮކް ލިބުމާއެކު، މި ނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450