Ads by Farudhun

ޚަބަރު

މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް ޕާސްޕޯޓުގެ ސްޓޮކު އިތުރުކުރާނަން: ވަޒީރު އިހްސާން

މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް ޕާސްޕޯޓުގެ ސްޓޮކު އިތުރުކުރާނަން: ވަޒީރު އިހްސާން

ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޮކްޓޯބަރު 2026، 07:08

08 އޮކްޓޯބަރު 2026، 07:08

ޕާސްޕޯޓު ލިބުމުގައި ދިމާވި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި ޕާސްޕޯޓުގެ ވަރުގަދަ ސްޓޮކެއް ގާއިމުކުރައްވާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިފަދަ ކަމެއް ދެން ދިމާނުވާނެ ގޮތަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް ސަޕްލަޔަރުގެ ފަރާތުން އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ. އެހެންކަމުން ގިނަ ސަޕްލަޔަރުންތަކެއް ގެންގުޅުމަށްވުރެ ރަނގަޅު ގޮތަކީ، ރަނގަޅު ސްޓޮކެއް ރާއްޖޭގައި ބެހެއްޓުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަށީގެންވާ ސްޓޮކެއް ހުރުމުން، މިފަދަ މައްސަލައެއް ދިމާވި ނަމަވެސް އެއްވެސް ބުރޫއެރުމެއް ނެތި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ޕާސްޕޯޓަކީ ސަލާމަތީ ގޮތުން ބަލާއިރު މި ސަރަހައްދުގައިވެސް އެންމެ ވަރުގަދަ ޕާސްޕޯޓުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޕާސްޕޯޓުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ސަބަބުން ކޮންމެ ކޮންމެ ތަނަކުން ޕާސްޕޯޓު ބުކްލެޓް ނުގެނެވޭނެ ކަމަށެވެ.

އަޅުގަނޑުމެނަށް ކޮންމެކޮންމެ ޕާސްޕޯޓު ސަޕްލައިކުރާ ފަރާތަކުން ނުވަތަ ކޮންމެކޮންމެ ޕްރިންޓް ހައުސްއަކުން މިކަން ކުރެވޭކަށް ނޯވޭ. އަދި މަލްޓިޕަލް އެހެން ސަޕްލަޔަރެއް ހޯދާކަމަށްވަންޏާ، އެކަމާ ގުޅިގެން ހޯދަންޖެހޭ ވަސީލަތްތައް ހުރޭ. އެއީ ޕްރިންޓް ކުރުމުގެ ރިކުއަރމެންޓާއެކީ ބޭނުންވާ ހާޑުވެއަރތައް. އެހެންކަމުން ކޮންމެކޮންމެ ތަނަކުން ޕާސްޕޯޓު ބުކްލެޓް ޕްރިންޓްކޮށްގެން އައިސް ޕާސްޕޯޓު ދުލެއް ނުކުރެވޭނެ.

ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު އިހްސާން ވިދާޅުވީ، ޕާސްޕޯޓު ފޯރުކޮށްދިނުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހުނު ނަމަވެސް، އެ ފިޔަވަޅު އެޅި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޕާސްޕޯޓު ނުލިބިގެން އެއްވެސް ގައުމަކަށް ދަތުރުނުކުރެވި ހުރި އެއްވެސް މީހެއްގެ ޝަކުވާއެއް މޯލްޑިވްސް އިމިގްރޭޝަނާ ހަމައަށް އައިސްފައި ނުވާ ކަމަށެވެ.

ޕާސްޕޯޓު ބުކްލެޓް ގެނައުމުގައި ދިމާވި ދަތިކަމާއެކު، އޯގަސްޓު މަހުގެ 27ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރަން ޖެހޭ ފަރާތްތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތު އޮންނަ އިމަޖެންސީ ޕާސްޕޯޓެއް ދޫކުރުމަށް ނިންމިއެވެ. ނަމަވެސް ސްޓޮކް ލިބުމާއެކު، މި ނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450