Ads by Farudhun

ޚަބަރު

ރުޤްޔާގެ ނަމުގައި މަހާނަ ކޮނުމަކީ ޙަރާމް ކަމެއް: ވަޒީރު ޝަހީމް

ރުޤްޔާގެ ނަމުގައި މަހާނަ ކޮނުމަކީ ޙަރާމް ކަމެއް: ވަޒީރު ޝަހީމް

ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޮކްޓޯބަރު 2026، 10:44

09 އޮކްޓޯބަރު 2026، 10:44

ޝަރުޢީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮނުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، އެއީ ޙަރާމްވެގެންވާ ޢަމަލެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރުޤްޔާ ކުރުމުގެ ނަމުގައި ބައެއް ފަރާތްތަކުން ޤަބުރުސްތާނަށް ވަދެ މަހާނަ ކޮންނަ ކަމުގެ މަޢުލޫމާތު ބައެއް ފަހަރު ލިބޭ ކަމަށެވެ. އަދި ޝަރުޢީ ރުޤްޔާ ކުރުމުގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ކީރިތި ޤުރްއާނާއި ކައުރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"... މިހެންކަމުން ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ޝަރުޢީ ރުޤްޔާއަކީ ބަލިމީހާއަށް ޝިފާއަށް އެދިގެން ޤުރްއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން، ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުޢާތައް ކިޔުމެވެ. ނަމަވެސް، މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ރުޤްޔާ ކުރުމުގެ ނަމުގައި ޝަރުޢީ ގޮތުން ހުއްދަ ނޫން އެތައް ނޭދެވޭ ޢަމަލުތަކެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިފަދަ ކަންކަމާމެދު ރައްޔިތުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރައްވަމުން ވަޒީރު ވިދާޅުވީ، ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ ކަމަށާއި، ދުޢާކުރުމާއި ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450