Ads by Farudhun

ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނޮވެންބަރު 17 ގެ ނިޔަލަށް އެއްކޮށް ހައްލުކުރަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނޮވެންބަރު 17 ގެ ނިޔަލަށް އެއްކޮށް ހައްލުކުރަނީ

ވަޒީރު އިޙްސާން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޮކްޓޯބަރު 2026، 11:16

09 އޮކްޓޯބަރު 2026، 11:16

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ހައްލުކުރުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިން އެއްކޮށް ހައްލުކޮށް ނިންމުމަށް ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، އެ މަސައްކަތް އަވަސްކޮށް، ނޮވެންބަރު 17 ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 295,000 ބިދޭސީން ދިރިއުޅެމުން ދިޔަ ނަމަވެސް، ފިންގަޕްރިންޓް ނަގައި ދެނެގަނެވިފައި ވަނީ އޭގެ ތެރެއިން އެންމެ 22,000 އެއްހާ މީހުން ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ސަރުކާރުން އަލުން ފެށި ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް 260,000 ބިދޭސީން ވަނީ ދެނެގަނެވިފަ އެވެ. އަދި މިހާރު ބަޔޯމެޓްރިކް މައުލޫމާތު ނުނެގި ބާކީ ތިބީ މުޅި ބިދޭސީ އާބާދީގެ އެންމެ އެއް އިންސައްތަ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފިންގަޕްރިންޓާއި ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނަށް މިވަގުތު ހޯދަން ބޭނުންވެ ނުފެނިފައި ތިބީ 800 އެއްހާ ބިދޭސީން ކަމަށެވެ. ނަމަވެސް، އެ ހުރިހާ މީހުންނަކީ މިވަގުތު ރާއްޖޭގައި ތިބި މީހުންކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވުމާއި، އަނެއްބައި މީހުން ގެނައި ފަރާތްތަކަށް ވެސް އެ މީހުންނަށް ވީގޮތެއް ނޭނގޭ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

"މިވަގުތު ރާއްޖޭގައި އަޅުގަނޑުމެން ހޯދަން ބޭނުންވެގެން ފިންގަޕްރިންޓާއި ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނަށް ހޯދަން ބޭނުންވެގެން ނުފެނިފައި ތިބި ގާތްގަނޑަކަށް 800 ވަރަކަށް މީހުން އެބަ ހޯދަން އަޅުގަނޑުމެން،" ވަޒީރު ވިދާޅުވި އެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450