ކުޅިވަރު

ފުޓްސަލްގެ ތާރީހީ އެވޯޑް އިމްރާންއަށް

ފުޓްސަލްގެ ތާރީހީ އެވޯޑް އިމްރާންއަށް

އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ހަވާލުކުރުން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޮކްޓޯބަރު 2026، 02:25

09 އޮކްޓޯބަރު 2026، 02:25

ދިވެހިރާއްޖޭގައި މުޅިން އަލަށް ގައުމީ ފެންވަރުގައި ހޮވި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ ތާރީހީ މަގާމު، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން ހޯދައިފިއެވެ.

އިމްރާން މި ޝަރަފުވެރި އެވޯޑް ހާސިލުކުރީ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ރޭ ބޭއްވި "އެފްއޭއެމް އެވޯޑްސް 2026" ގެ ހާއްސަ ހަފްލާގައި ކްލަބް މޯލްޑިވްސްގެ ރައީސް މޫސާ ރަމީޒްއެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން ތަށި ރާއްޖެއިން ހޯދިއިރު، އެ ކާމިޔާބީގެ ފަހަތުގައި ހުރި އެންމެ މުހިންމު އެއް ތަނބަކީ ކެޕްޓަން އިމްރާންއެވެ. މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، ކުޅުނު 6 މެޗުން ވަނީ 9 ގޯލު ކާމިޔާބުކޮށްދީފައެވެ. މުޅި މުބާރާތުގައި ވެސް ލީޑަރެއްގެ ގޮތުންނާއި ކުޅުންތެރިއެއްގެ ގޮތުން އޭނާ ދެއްކި ތަފާތު ކުޅުމަކީ މި އެވޯޑު އޭނާއަށް ހައްގުވި މައިގަނޑު ސަބަބެވެ.

މި ތާރީހީ އެވޯޑަށް އިމްރާންގެ އިތުރުން ރާއްޖޭގެ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ވާދަކުރިއެވެ. އޭގެ ތެރޭގައި އަބްދުﷲ ޝާފިއު (ޝާއްޕެ)، އަޙްމަދު ހަމީދު (އަންމަޑޭ)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަޙްމަދު (އަސޫ) ހިމެނެއެވެ.

ރޭގެ ހަފްލާގައި ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންނަށް ހާއްސަ ޓޯކަން އެއްވެސް އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450