Ads by Farudhun

ޚަބަރު

ރައްޔިތުންގެ އަޑު: ރައީސް މުއިއްޒާ ބައްދަލުކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ އަޑު: ރައީސް މުއިއްޒާ ބައްދަލުކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ އަޑު ސިލްސިލާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޮކްޓޯބަރު 2026، 05:17

09 އޮކްޓޯބަރު 2026، 05:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސީދާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ސިލްސިލާގެ ދަށުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ މެދު ހެންވޭރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، ހަނިމާދޫ ދާއިރާ، ކެނދިކުޅުދޫ ދާއިރާ، އޭދަފުށި ދާއިރާ، ތިމަރަފުށި ދާއިރާ، މަޑަވެލި ދާއިރާ އަދި ހިތަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން، ރައީސް އޮފީހުގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރުމަށް ވަނީ އެދިފައެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ވާހަކަތައް އަޑުއެއްސެވުމަށް، ވަކިވަކި ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެކަން އެމަނިކުފާނު އިއުލާނުކުރެއްވީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 101 ރައްޔިތުންނާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450