ޚަބަރު
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އައު މިސްކިތެއްގެ ބިންގާ އަޅައިފި
ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ވިލިމާލޭގައި މަސްޖިދުއްސަލާމް މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މިސްކިތުގެ ބިންގާ އެޅުމަށް މިއަދު ހަވީރު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން، މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
ފިޔަ ފައުންޑޭޝަނުން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭނެ ގޮތަށް ފަރުމާކުރާ މިސްކިތެކެވެ. މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް ބޮޑު މިސްކިތަކަށެވެ.
މިސްކިތުގެ ބިންގާ އަޅައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމްް ވިދާޅުވީ މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށްވާނެ ކަމަށާއި މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއް ކަމަށެވެ.
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން ދެ ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭނެއެވެ.