Ads by Farudhun

ޚަބަރު

ނަފްސާނީ ދުޅަހެޔޮކަން ބިނާވަނީ ގޭތެރެއާއި މުޖުތަމަޢުން ލިބޭ އަޅާލުމުގެ މައްޗަށް: މެޑަމް ސާޖިދާ

ނަފްސާނީ ދުޅަހެޔޮކަން ބިނާވަނީ ގޭތެރެއާއި މުޖުތަމަޢުން ލިބޭ އަޅާލުމުގެ މައްޗަށް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޮކްޓޯބަރު 2026، 11:17

10 އޮކްޓޯބަރު 2026، 11:17

ނަފްސާނީ ދުޅަހެޔޮކަން ބިނާވަނީ އިންސާނާއަށް ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމަޢާއި ވަށައިގެންވާ މީހުންގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ދުވަހަކުވެސް މީހާގެ ގޭތެރެއިންނާއި، ސްކޫލްތަކުންނާއި، މަސައްކަތުގެ މާހައުލުން އަދި މުޖުތަމަޢުގެ ތެރެއިން ބައްޓަންވަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެކަކު އަނެކަކުގެ ވާހަކަތައް ކަނުލައި އަޑުއަހައި، އެހީތެރިކަން ފޯރުކޮށްދޭ ގޮތުން މީހެއްގެ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެވިދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.



މީގެއިތުރުން، މާނަހުރި އެހީތެރިކަމަކީ ކޮބައިކަން އެންމެ ރަނގަޅަށް ބުނެދެވޭނީ ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ފަރާތްތަކުންކަން މުޖުތަމަޢުން ބަލައިގަންނަން ޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް ހިތްވަރުދީ، އެހީތެރިކަން ލިބެން ހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރާ ފަދައިން، ނަފްސާނީ ދުޅަހެޔޮކަމާމެދު ގެންގުޅޭ ވިސްނުމާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ތަސައްވުރު ނައްތާލައި، އެންމެންގެ އަޑުވެސް އަހައިދޭ، އެހީތެރިކަން ފަސޭހައިން ލިބޭނެ ފަދަ އޯގާތެރި މާހައުލެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450