Ads by Farudhun

ޚަބަރު

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓުގެ ކުރެހުންތައް ދައްކާލައިފި

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓުގެ ކުރެހުންތައް ދައްކާލައިފި

އީގަލް ހިލްސްއިން ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5000 ހައުސިން ޔުނިޓްތަކުގެ ކުރެހުމެއް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޮކްޓޯބަރު 2026، 02:23

10 އޮކްޓޯބަރު 2026، 02:23

ރަސްމާލޭގައި 20 ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން މެރީނާ އަދި ވޯޓާ ފްރަންޓް މަޝްރޫއެއް ހިންގަމުން އަންނަ ޔޫއޭއީގެ އަބޫދާބީއަށް ނިސްބަތްވާ އީގަލް ހިލްސް ކުންފުނިން، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ ޑިޒައިންތައް އާންމުކޮށްފިއެވެ.

މި ޑިޒައިންތައް ހާމަކުރައްވާފައިވަނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު އެކްސް މެދުވެރިކޮށް ހިއްސާކުރެއްވި ވީޑިއޯއެއްގައެވެ. ހުޅުމާލެ ފޭސް ތިނެއްގެ މާސްޓާ ޕްލޭންގެ ދަށުން މި ކުރެހުންތައް ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލު ސިންގަޕޫރުގެ އާކިޓެކްޗަރ ކުންފުންޏެއް ކަމަށްވާ "ވާއު އާކިޓެކްޓްސް / ވާނާ ވޮން ޑިޒައިން" އިންނެވެ.

ދިވެހިރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ޒަމާނީ ބަދަލުތަކެއް ގެނެސްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ މި މާސްޓާ ޕްލޭނުގައި، އުސް ރެސިޑެންޝަލް ޓަވަރުތަކުގެ އިތުރުން ވޯޓާފްރަންޓް ޓައުންހޯމްތަކާއި ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ހިދުމަތްތައް ހިމަނާފައިވެއެވެ.

ހިއްސާކުރި ވީޑިއޯއިން ދައްކުވައިދޭ ގޮތުގައި، މި ސަރަހައްދު ތަރައްގީކުރަނީ ހަމައެކަނި 5،000 ބޯހިޔާވަހިކަމުގެ ޔުނިޓުތަކަށް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، އާންމު ދިރިއުޅުމަށް ފަސޭހަވާނެ އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތައް ވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.

އެގޮތުން ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި، ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން، ހިތްހަމަޖައްސާލުމަށް ބޭނުންކުރާނެ ހާމަ މައިޒާންތައް މި ސަރަހައްދުގައި ހުންނާނެއެވެ. މީގެ އިތުރުން ވިޔަފާރިކުރާ ފިހާރަތަކާއި މޫދަށް އެރިއުޅެވޭނެ އިންތިޒާމުތައް ވެސް މަޝްރޫއު ނިމޭއިރު ފުރިހަމަވެގެންދާނެކަން ފާހަގަކުރެވެއެވެ.

ހަމައެއާއެކު، އުސް އިމާރާތްތަކުގެ ޓެރަސްތައް ފެހިކޮށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަންކޮށްފައިވާއިރު، ބޮޑު މިސްކިތެއް ވެސް މި ކުރެހުންތަކުން ފެނިގެންދެއެވެ.



މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އީގަލް ހިލްސްއަކީ އަބޫދާބީގެ އަމިއްލަ ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. މިއީ ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ބިނާކުރި އީމާރު ޕްރޮޕަޓީޒްގެ މުއައްސިސް މުހައްމަދު އަލައްބާރު އުފައްދަވާފައިވާ، ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާދާއިރާއެއްގައި ބިޔަ މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450